ads
ނޭޝަނަލް ސެކިއުރިޓީ ސާވިސް ސެންޓަރު
ނޮވެމްބަރު 3: ސިޔާސީކުރަން ހެޔޮވެސް ނުވާނެ
ނޮވެމްބަރު 3ގެ ހަމަލާގެ ވާހަކަ ސިޔާސީ ކޮށްގެން ދައްކަން ހެޔޮވެސްނުވާނެ ކަމަށާއި، އެދުވަހު ޝަހީދުވީ އަބްތޯލުންނަށް ކުޑައިމީސްކަން ވާފަދަ މޭރުމަކުން ވާހަކަ ދައްކައިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާމެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަބަރުސިޓީއަށް ލިއުއްވާފައިވާ ލިއުމެއްގައި މެމްބަރު ޝަފީގު ވަނީ، 88 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި އޭރުގެ ސަރުކާރުގެ އިސްވެރިން ތިއްބެވީ ފިލާފައި ކަމަށާއި، ސިފައިން ތިބީ ބޮނދައިގެން ކަމަށް ބުނެ ބައެއް މީހުން ވާހަކަ ދައްކާކަމަށް ފާހަގަކޮށް އެކަން ކުށްވެރި ކުރައްވާފައެވެ. 

ޝަފީގް ވިދާޅުވީ، އެއީ ބައެއް މީހުން އެދުވަހުގެ އުދުވާނީ ހަމަލަ ސިޔާސީ ކޮށްގެން އެބަޔަކު ހިތްހަމަނުޖެހޭ މީހުންގެ ބޮލުގައި ދޮގު އިންޒާމު އަޅުވަން ދައްކާ ވާހަކައެއް ކަމަށެވެ. އަދި އެދުވަހު ދިވެހިންނަށް ކުރިމަތިވި ބިރުވެރި ދުވަހެއް ކަމަށާއި، އެއީ ސިޔާސީ ބޭނުމެއްގައި ދައްކަން ހެޔޮވެސް ނުވާވަރުގެ ވާހަކައެއް ކަމަށް ޝަފީގް ސިފަކުރެއްވިއެވެ. 

ޝަފީގު އިތުރަށް ވިދާޅުވީ، އެދުވަހު ކަން ހިނގާދިޔަގޮތް ކައިރިން ދުށް މީހުން އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް އުޅޭކަމަށާއި، އެމީހުން އެވާހަކަތަށް އަދިވެސް އިއްޔެ ވީކަމެއް ފަދައިން ސާފުކޮށް ކިޔައިދޭކަމަށެވެ. އެގޮތުން އެދުވަހު ހާއިނުންގެ ފުރަތަމަ ހަމަލާގެ އަޑަށް ހިތްވަރުގަދަ ސިފައިން ދިފައުގައި ހަމަލާދޭން ފެށިކަމާއި، ބަޑި ގުދަނުގެ ތަޅުދަނޑި ސިފައިންގެއާއި ހަމައަށް ގެންދިއުމަށް ކުރި މަސައްކަތް މިއީ އޮޅުވާލެވެން ނެތް ކަންކަން ކަމަށް ޝަފީގު ފާހަގަ ކުރެއްވިއެވެ. 

އަދި އެދުވަހުގެ ހަމަލާއިން ދިވެހިން ސަލާމަތްވީ، މާބޮޑު ސެކިއުރިޓީއެއް ނެތި އާންމު މީހެއްގެ ގޭތެރޭގައި އިނދެގެން އިރުޝާދު ދެއްވަމުން ގެންދެވި ރައީސް މައުމޫނުގެ ހިކުމަތްތެރިކަމާއި، މަގުމަތީގައި ޒަހަމްވެފައި ތިބި މީހުންނަށް އެހީތެރިވެދިން އާންމު ރައްޔިތުންގެ މަދަދުވެރިކަމާއި، އެ ނުރައްކާތެރި ހާލަތުން ރުޖޫއަކުރެއްވުންއެދި ދުއާކުރަމުން ދިޔަ މީހުންގެ އީމާންތެރިކަމުގެ ސަބަބުން ކަމަށެވެ. އަދި ދިވެހިންނަށް ނަސްރު ލިބުނީ މިފަދަ އެތަކެއް ގުރުބާނީތަކެއްވީ އެތައް ދިވެހިންގެ މަސައްކަތުން ކަމަށާއި، މާތް ﷲ ގެ ހެޔޮ ރަހުމަތްޕުޅުން ކަމަށް މެމްބަރު ޝަފީގު ފާހަގަކުރެއްވިއެވެ. 

ޝަފީގު ވިދާޅުވީ އެންމެ ފަހުން ފާހަގަކުރި ނަސްރުގެ ދުވަހުގައިވެސް ސިޔާސީ ބޭނުމަށް މިވާހަކަތައް ދެއްކިތަން ފެނިގެންދިޔަ ކަމަށާއި، އެއީ އެނގިތިބެ ނުހުރޭ މީހުން ބަދުނާމު ކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް