ads
ބައިޑެން--
މިއީ އެމެރިކާ އެއްބައިވަންތަ ވާންވީ ވަގުތު: ބައިޑެން
މިއީ ރުޅިވެރިކަން އެއްފަރާތްކޮށް، އެމެރިކާ އެއްބައިވަންތަވާންވީ ވަގުތު ކަމަށް، އެމެރިކާގެ އިންތިހާބީ ރައީސް، ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

އޭނާ ދިރިއުޅުއްވާ ޑެލަވެއާ ސްޓޭޓްގެ ވިލްމިންޓަންގައި ރައްޔިތުންނާއި މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ބައިޑެން ވަނީ އެކަކު އަނެކަކާއި މެދު އޮތް ރުޅިވެރިކަން އެއްފަރާތްކޮށް، އެއްބައިވަންތަވެ، ދެމެދުގައި ޖެހިފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެދިވަޑައިގެންފަ އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ބައިޑެން ވަނީ އޭނާގެ ވެރިކަމުގައި ކޮވިޑް-19 އާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތައް އަޅާނެ ކަމަށާއި، އެމެރިކާ އެއްބައިވަންތަ ކުރުވުމުގެ އިތުރުން، އެ ގައުމުގައި އޮތް ޒަމާންވީ ނަސްލީ ތަފާތުކުރުންތައް ނިމުމަކަށް ގެންނާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ބައިޑެން ވަނީ އޭނާގެ ވެރިކަމުގައި އެމެރިކާގެ އެއްވެސް ރައްޔިތެއް ތަފާތުކުރުމެއް ނެތި، ހަމަހަމަކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބައިޑެން އަށް ވޯޓް ދެއްވި ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު ދަންނަވާފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާތައް ދައްކާ ގޮތުން ޖޯ ބައިޑެން ކުރީގައި އުޅުއްވަނީ 290 އިލެކްޓޯރަލް ވޯޓް ހޯއްދަވައިގެންނެވެ. އަދި މިހާރުގެ ރައީސް ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 214 އިލެކްޓޯރަލް ވޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް