ads
ބައްދަލުވުމުގެ ތެރެއިން--
މުންޑޫ ސްކޫލުގައި ކިޔަވައިދިނުމަށް ހުރި ދަތިތައް އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކޮށްފި
ލ. މުންޑޫ ސްކޫލުގައި ކިޔަވައިދިނުމަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭ ގޮތުން އެ ސްކޫލުގެ އިސްވެރިން އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
Advertisement

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި މުންޑޫ ސްކޫލްގެ އިސްވެރިންނާއި ބައްދަލުކުރައްވާ ސްކޫލްގައި މިވަގުތު ކުރަމުންދާ މަަސައްކަތްތަކާއި ބައެއް ކަންކަން ކުރުމަށް ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރި ކަމަށެވެ.

ސްކޫލްގެ ކިޔެވުމަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން ވެސް ސްކޫލާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. 

އޭގެ އިތުރުން ކޮވިޑް-19 ގެ ހާލަތުގައި އެ ސްކޫލްގެ ކިޔެވުން ކުރިއަށް ދާ ގޮތާއި ކުރިއަށް އޮތް ތަނުގައި ކިޔެވުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ގޮތްތަކުގެ އިތުރުން މިނިސްޓްރީ އާއި ގުޅިގެން ރަށުގެ ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި އެ ބައްދަލުވުމުގައި ސްކޫލުގެ ސީނިއާ މެނޭޖްމެންޓްގެ ބޭފުޅުން އަދި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްގެ އިތުރުން އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް