ރަށުން ބޭރުގައި ޓޮޓެންހަމް ކުޅުނު މި މެޗުގައި ލަނޑު ޖަހާނެ އެންމެ ހުސް އެއް ފުރުސަތު ލިބުނީ ޓޮޓެންހަމްގެ ސޮން ހުއެން މިންއަށެވެ. އެހެންނަމަވެސް ވެސްޓްބްރޮމްގެ ޑިފެންޑަރުންވަނީ އެ ފުރުސަތު ލަނޑަކަށް ހެދިޔަ ނުދީ ދިފާއުކޮށްފައެވެ. މެޗުން ޓޮޓެންހަމަށް ތިން ޕޮއިންޓް ކަށަވަރުވި ގޯލް ޖެހީ މެޗު ނިމެން އެންމެ ދެ މިނެޓަށް ވެފައިވަނިކޮށް ކެޕްޓަން ހެރީ ކޭންއެވެ. މިއީ ޕްރިމިއަރ ލީގުގައި ކޭންގެ ސަތޭކަ ފަންސާސްވަނަ ލަނޑެވެ.