އެގޮތުން އެމްޓީވީ އީއެމްއޭ ބާއްވާފައި ވާއިރު، މިއުޒިކް ދާއިރާގައި މި އަހަރު އެންމެ ކާމިޔާބު ބީޓީއެސް ވަނީ އެތަނުން ވެސް ހަތަރު އެވޯޑް ހޯދާފަ އެވެ.
އެގޮތުން އެންމެ މޮޅު ގްރޫޕް ލަވަ، އެންމެ މޮޅު ލަވަ، އެންމެ ގިނަ ފޭނުން އަދި އެންމެ މޮޅު ވާޗުއަލް ލައިވް ހުށަހެޅުމުގެ އެވޯޑް ބީޓީއެސް އަށް ލިބިފައި ވެއެވެ.
މި އެވޯޑް ހަފްލާގައި ބީޓީއެސްގެ ހުށަހެޅުމެއް ނުފެނެ އެވެ. ނަމަވެސް ބޭންޑުގެ މެމްބަރުން ވަނީ ޝުކުރު އަދާކުރުމުގެ ގޮތުން ވާހަކަދައްކާފަ އެވެ.
އިތުރަށް ދިން އެވޯޑްތަކަށް ބަލާއިރު، ކޮރެއަން އެކްޓް އެވޯޑް ލިބުނީ ސްޓްރޭ ކިޑްސް އަށެވެ. އަދި އިންޑިއަން އެކްޓް އެވޯޑްލިބުނީ އަރްމާން މާލިކް އަށެވެ.
އެންމެ މޮޅު އާޓިސްޓާއި ޔޫއެސް އެކްޓު އެވޯޑް ލޭޑީ ގާގާއަށް ލިބުނުއިރު، އެންމެ މޮޅު ޕޮޕް ގްރޫޕް އަދި ޔޫކޭ އާއި އަޔަލެންޑްގެ އެކްޓު ލިބުނީ ލިޓްލް މިކްސް އަށެވެ.