ads
ފޮޓޯ:އިރު
މެއި/ޖޫން ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އަންނަ އަހަރުގެ މެއި އަދި ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެެވެ.

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން ވަނީ 2021 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިހާނުގެ އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތަު މިއަދު ހުޅުވާލައިފައެވެ.

އެގޮތުން އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ބުނެފައި ވާއިރު އެޕްލިކޭޝަން ފޯމާއި ފައިސާ ބަލައިގަންނާނީ ހަމައެކަނި އެ ޑިޕާޓްމަންޓުގެ ކައުންޓަރުން ކަމަށް ޑީޕީއީއިން މައުލޫމާތު ދެއެވެ. 

އިމްތިހާނުގައި ބައިވެރިވާ ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށް، ޑީޕީއީގެ ކައުންޓަރުންނެވެ.  

ޑީޕީއީ އިން ބުނީ އިމްތިހާނުގައި ބައިވެރިވުމުގެ ފޯމު ހުށަހަޅާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ބޭނުންވާނެ ކަމަށެވެ. އަދި އެޕްލިކޭޝަން ފޯމާއި ފީޝީޓު  އެޑިޕާޓްމަންޓުންނާއި އެ ޑިޕާޓްމަންޓުގެ ވެބްސައިޓު އިން ވެސް ލިބެން ހުންނާނެ ކަމަށް ޑީޕީއީ އިން ބުނެއެވެ.

އޯލެވެލް އިމްތިހާނު ކޮންމެ އަހަރަކު ވެސް އޮންނަނީ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގައެވެ. އެހެންނަަމަވެސް ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ އެ އިމްތިހާނު ވަނީ ކެންސަލް ކޮށްފައެވެ. އެގޮތަށް ނިންމާފައި ވަނީ ކޮވިޑް އާއި ގުޅިގެން ގިނަ ދުވަސްތަކަަކަށް ކިޔެވުން މެދެކެނޑުމުގެ ސަބަބަުން ސިލަބަސް ކަވަރުކޮށް އިމްތިހާނުތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނެތުމުން އެ ފުރުސަތު އިމްތިހާނު ހަދާ ދަރިވަރުންނަށް ހޯދަދިނުމުގެ ގޮތުންނެވެ.

އެހެންކަމުން މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިހާރު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ މެއި/ޖޫން އަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް