ads
ޓްރަމްޕް--
ޓްރަމްޕް އަދިވެސް ބަލި ގަބޫލެއް ނުކުރޭ!
އެމެރިކާގެ ރިޔާސީ އިންތިހާބުން ބަލިވެފައިވާ ކަމަށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދިވެސް ގަބޫލެއް ނުކުރައްވަ އެވެ.

ވޯޓު އޮޅުވާލި ކަމަށް ވިދާޅުވެ ޓްރަމްޕް ގެންދަވަނީ ގާނޫނީ ގޮތުން ތައްޔާރުވަމުންނެވެ. އަދި އެކަމަށް ސަޕޯޓު ހޯދަން އެއްވުންތަކެއް ބާއްވަން ރާވާފައި ވެއެވެ. 

ޓްރަމްޕްގެ ކެމްޕޭނު ތަރުޖަމާނު ޓިމް މާޓޯ ރޮއިޓާޒް އަށް ވިދާޅުވީ އެ އެއްވުންތަކުގެ ބޭނުމަކީ އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް ތައްޔާރު ކުރާ ގާނޫނީ މައްސަލައަށް ސަޕޯޓު ހޯދުން ކަމަށެވެ.

މިހާރުގެ ނަތީޖާތަކުން ދައްކާ ގޮތުގައި ކުރީގެ ނައިބު ރައީސް ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑެންއަށް ވަނީ 279 އިލެކްޓޯރަލް ކޮލެޖު ވޯޓު ލިބިވަޑައިގެންފަ އެވެ. 

ޓްރަމްޕަށް ލިބިވަޑައިގެންނެވީ 214 ވޯޓެވެ. އިންތިހާބުން ކުރި ހޯއްދެވުމަށް ބޭނުން ވަނީ 270 ވޯޓެވެ. އެހެންކަމުން ބައިޑެން މޮޅުވެފައިވާ ކަމަށް ހުރިހާ ނޫހަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމަކު މިހާތަނަށް ވެސް ޓްރަމްޕް ބަލި ގަބޫލުކުރައްވާފައެއް ނުވެ އެވެ. އަދި ނަތީޖާ އައި ފަހުން އާއްމުކޮށް އެއްޗެއް ވިދާޅުވެފައެއް ވެސް ނުވެ އެވެ. 

ނަމަވެސް ޓްވިޓާ މެދުވެރިކޮށް ތަކުރާރުކޮށް ވިދާޅުވަމުން ދަނީ މަކަރު ހަދާފައިވާ ކަމަށެވެ. ޓްރަމްޕްގެ ކެމްޕޭން ޓީމުން ވެސް ބުނެފައި ވަނީ ބަލި ގަބޫލުކުރަން ޓްރަމްލް ބޭނުންވެ ވަޑައިނުގަންނަވާ ކަމަށެވެ.

އެ ޓީމުގެ މަސައްކަތުން ޖޯޖިއާގައި އަލުން ވޯޓުތައް ގުނުމަށް ވަނީ ނިންމާފަ އެވެ. އަދި ވިސްކޯންސިންގެ ވޯޓުތައް ގުނަން ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި އެރިޒޯނާގެ މައްސަލަތަކެއް ވެސް ޖައްސާފައި ވެއެވެ. 

އޭގެ އިތުރުން ސުޕްރީމް ކޯޓަށް މައްސަލަ ގެންދާނެ ކަމުގެ އިންޒާރު ވެސް ދީފައި ވެއެވެ. ޓްރަމްޕް މައްސަލަ ޖައްސަމުން ދާއިރު، ބައިޑެން މިހާރު ގެންދަވަނީ އާ ސަރުކާރުގެ މަސައްކަތްތަކަށް ތައްޔާރުވަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް