ads
ފިނޭންސް މިނިސްޓްރީ
އާމްދަނީގެ ގޮތުގައި އަންނަ އަހަރަށް 17.8 ބިލިއަން ރުފިޔާ
އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފި އެވެ.

އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވާ އިރު އޭގެ ތެރެއިން ޓެކުހުގެ ގޮތުގައި 9.284 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން އާމްދަނީގެ ގޮތުގައި އަންނަ އަހަރު 5.754 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ދައުލަތުން ލަފާކޮށްފައިވެ އެވެ.

ހަރުމުދާ ވިއްކައިގެން އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 14.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، ހިލޭ އެހީގެ ގޮތުގައި 2.211 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ހީނަރުކަން އައިސްފައި އޮތުމުގެ ސަބަބުން ދައުލަތަށް އަންނަ އަހަރު ލިބޭ އާމްދަނީ މަދުވާނެ ކަމަށް ލަފާކޮށް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލިހަށް ބަޖެޓް ހުށަހަޅައިފަ އެވެ.

އަންނަ އަހަރު ދައުލަތުން ބަޖެޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 34.7 މިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް