ads
ބެލޫން ވެއްޓުމުން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ--
ގޫގްލް ލޫން ޕްރޮޖެކްޓު ބެލޫނެއް އަނެއްކާވެސް ރާއްޖެ ސަރަހައްދަށް ވެއްޓިއްޖެ
ގޫގްލް ލޫން ޕްރޮޖެކްޓުގެ ދެވަނަ ބެލޫނެއް ރާއްޖެ ސަރަހައްދަށް މިއަދު ވެއްޓިއްޖެ އެވެ.
Advertisement

ގޫގްލް ލޫން ޕްރޮޖެކްޓުގެ ބެލޫނެއް ގދ. ވާދޫގެ ހުޅަނގުން އައްޑޫ ކަނޑަށް މިއަދު ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރީއާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

މި ބެލޫން ވެއްޓެމުންދާ ކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 08:30 ހާއިރު ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ އޮޕަރޭޝަން ސެންޓަރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އެއާ ޓްރެފިކް ކޮންޓްރޯލުން ދިޔެއީ މޮނިޓާ ކުރަމުން ކަމަށް ބުނެ އެވެ. 

މި ބެލޫން ރާއްޖޭގެ ލޯކަލް އޭޖެންޓާ ހަވާލު ކުރުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓުގާޑު ސްކޮޑްރަނުން ދަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ ކުރިން 29 އޮކްޓޫބަރުގައި ވެސް ވަނީ މީގެ ބެލޫނެއް ރާއްޖެ ސަރަހައްދަށް ވެއްޓިފަ އެވެ. މި ބެލޫން ވެއްޓިފައިވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ.

ގޫގުލްގެ ލޫން ޕްރޮޖެކްޓަކީ ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް