ads
ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ (ފައިލް ފޮޓޯ)
ހަ ރަށެއްގެ ބިން ހިއްކަން 752 މިިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކޮށްފި
ހަ ރަށެއްގެ ބިން ހިއްކުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެ މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސީއީއޯ އާދަމް އާޒިމް ސޮއިކުރައްވާފައިވާ އިރު، ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

އެގޮތުން ރ. ދުވާފަރު، ހއ. އިހަވަންދޫ، އއ. އުކުޅަސް، ތ. ހިރިލަންދޫ، ގއ. ދާންދޫ ގެ އިތުރުން މ. ދިއްގަރުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއަށް ޖުމްލަ 752،010،583.53 ރުފިޔާ ހަރަދުވާ އިރު، އެ މަޝްރޫއުގެ ދަށުން ހަ ރަށުގައި ބިމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ބިން ހިއްކައި، ރިވެޓްމެންޓް ގާއިމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މަޝްރޫއުގެ ދަށުން ބިން ހިއްކައި ރިވެޓްމެންޓް ގާއިމްކުރުމުގެ އިތުރުން އިހަވަންދޫ، އުކުޅަސް، ހިރިލަންދޫ، އަދި ދިއްގަރު، މި ހަތަރު ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ އެވެ.

ރ. ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 22.2 ހެކްޓަރުގެ ބިން ހިއްކުމަށް 445 ދުވަހުގެ މުއްދަތެއް ދީފައިވާ އިރު، އެ މަޝްރޫއުގެ އަގަކީ 143،111،776.60 ރުފިޔާ އެވެ.

ގއ. ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 25 ހެކްޓަރުގެ ބިން ހިއްކުމަށް 350 ދުވަހުގެ މުއްދަތެއް ދީފައިވާ އިރު، އެ މަޝްރޫއުގެ އަގަކީ 186،646،090.34 ރުފިޔާ އެވެ.

ހއ. އިހަވަންދޫގެ ބިން ހިއްކުމާއި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 25 ހެކްޓަރުގެ ބިން ހިއްކުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ އިރު، އެ މަޝްރޫއުގެ އަގަކީ 123،960،847.77 ރުފިޔާ އެވެ.

އއ. އުކުޅަހުގެ ބިން ހިއްކުމާއި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 10 ހެކްޓަރުގެ ބިން ހިއްކުމަށް 235 ދުވަހުގެ މުއްދަތެއް ދީފައިވާ އިރު، އެ މަޝްރޫއުގެ އަގަކީ 71،250،813.38 ރުފިޔާ އެވެ.

ތ. ހިރިލަންދޫގެ ބިން ހިއްކުމާއި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 20 ހެކްޓަރުގެ ބިން ހިއްކުމަށް 285 ދުވަހުގެ މުއްދަތެއް ދީފައިވާ އިރު، އެ މަޝްރޫއުގެ އަގަކީ 105،194،514.48 ރުފިޔާ އެވެ.

މ. ދިއްގަރުގެ ބިން ހިއްކުމާއި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 25 ހެކްޓަރުގެ ބިން ހިއްކުމަށް 450 ދުވަހުގެ މުއްދަތެއް ދީފައިވާ އިރު، އެ މަޝްރޫއުގެ އަގަކީ 121،846،540.96 ރުފިޔާ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް