ads
ފީވަކުގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ (ފައިލް ފޮޓޯ)
މާޅޮހުގެ ބަނދަރު ތަރައްގީ ކުރަނީ
އއ. މާޅޮހުގެ ބަނދަރު ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.

މާޅޮހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 407 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 1،970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓެއް ހެދުމާއި، 32،584.99 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުން ކުރުމާއި، 1969 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.

މިއަދު މާޅޮހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ސޮއި ކުރައްވާފައިވާ އިރު، ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގް ވަނީ ސޮއިކުރައްވާފަ އެވެ.

ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީ އާއި އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 56،970،122.62 ރުފިޔާގެ އަގަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް