ads
ބެލޫން ވެއްޓުމުން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ--
ރާއްޖެ ސަރަހައްދަށް ވެއްޓޭ "ލޫން ޕްރޮޖެކްޓު ބެލޫން"ތަކުގެ ތަފްސީލް ހާމަކޮށްފި
ރާއްޖޭގެ ސަރަހައްދަށް ވެއްޓޭ "ގޫގަލް ލޫން ޕްރޮޖެކްޓު ބެލޫން" ތަކުގެ ތަފްސީލް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފި އެވެ.
Advertisement

އެމްއެންޑީއެފް އިން ބުނީ "ލޫން ޕްރޮޖެކްޓް" ގެ ބެލޫން އަކީ ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް" ގެ ދަށުން ރާއްޖެ ސަރަހައްދަށް ތިރިކުރަމުންދާ ބެލޫންތަކެއް ކަމަށެވެ.

އަދި ލޫން ޕްރޮޖެކްޓަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަންއިން ހުއްދަ ލިބިގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެެވެ. އެގޮތުން ކޮންމެ ހަ ގަޑިއަކުން ރާއްޖެ ސަރަހައްދުގައި އުޅޭ ލޫން ބެލޫންތަކުގެ މައުލޫމާތު ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލަށާއި ކޯސްޓްގާޑް އޭވިއޭޝަންއިން އަޕްޑޭޓް ކުރަމުން ދިޔަކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.

ލޫން ޕްރޮޖެކްޓްގެ ގޫގްލް އިންޓަނެޓް ބެލޫން އެއް އެންމެ ފުރަތަމަ ރާއްޖެ ސަރަހައްދަށް ތިރިކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ. އޭގެ ފަހުން މިއަދު އަނެއްކާވެސް ވަނީ ގދ. އަތޮޅު ވާދޫގެ ހުޅަނގުން ތިން ނޯޓިކަލް މޭލު ބޭރުން އައްޑޫ ކަނޑަށް ގޫގްލް އިންޓަނެޓް ބެލޫންއެއް ތިރިކޮށްފައެވެ. 

އެމްއެންޑީއެފްއިން ބުނީ ލޫން ޕްރޮޖެކްޓްގެ އެ ބެލޫންގެ ލައިފް މިއަދުގެ ހެނދުނު 08:30 އަށް ހަމަވާތީ، ހުޅުލޭ އެއާޓްރެފިކް ކޮންޓްރޯލަށާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑަށް ގޫގުލް ލޫން ޕްރޮޖެކްޓްއިން ވަނީ ރާއްޖެ ސަރަހަށްދަށް އެ ބެލޫން ތިރިކުރާނެ ކަމުގެ މައުލޫމާތު ދީފަކަމަށެވެ.

އެކަމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ އޭވިއޭޝަނުން ކޮންމެ 15 މިނެޓަކުން އެ ބެލޫން ޓްރެކްކޮށް ޕޮޒިޝަން ބަލައި މޮނީޓާކޮށް އެމްއެންޑީއެފް ކޯސްޓްގާޑާއި ހުޅުލޭ އެއާޓްރެފިކް ކޮންޓްރޯލުން އެކަމުގެ މައުލޫމާތު އަޕްޑޭޓް ކުރަމުން އައިސްފައި ވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އަދި އެބެލޫން ކޮންޓްރޯލްކޮށް ރާއްޖޭގެ ސަރަހަށްދަށް ތިރިކޮށްފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑް އޭވިއޭޝަންއަށާއި ހުޅުލޭ އެއާޓްރެފިކް ކޮންޓްރޯލަށް އެންގުމަށްފަހުކަމަށާއި ބެލޫން ތިރި ކުރުމުން ރިކަވާ ކުރުމަށް "ބުލޫ ޓުއާ" ނަމަކަށް ކިޔާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ އޮޕަރޭޝަން ކޯސްޓްގާޑް އޭވިއޭޝަންއިން މޮނީޓާކޮށްފައިވާއިރު، ގޫގުލް ލޫން ޕްރޮޖެކްޓްގެ އެ ބެލޫން ރާއްޖޭ ސަރަށްދަށް ތިރިކުރުމުން އެ ބެލޫން ރިކަވާ ކުރާ ލޯކަލް އެޖެންޓުން ވަނީ އެމްއެންޑީއެފް ސަދަން އޭރިއާއާ ގުޅިގެން އެބެލޫން ލޮކޭޓްކޮށް ރިކަވާކޮށްފަކަމަށެވެ.

އެންމެ ފުރަތަމަ ރާއްޖެއަށް ގޫގުލް ލޫން ޕްރޮޖެކްޓްގެ ބެލޫންއެއް މިމަހުގެ 29 ވަނަ ދުވަހު ވެއްޓުނު ކަމަށް އަޑުތައް ފެތުރިފައިވެއެވެ. އަދި އެކަމަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިގެންދިޔައެވެ. އެހެންނަމަވެސް އެމްއެންޑީއެފްއިން މިކަމުގެ މައުލޫމާތު ހާމަކޮށް ބުނެފައިވަނީ  އެކަމަކީ ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް" ގެ ދަށުން މޯލްޑިވްސް ސިވިލް އޭވިއޭޝަންއިން ހުއްދަ ލިބިގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެއް ކަމަށެވެ.

32%
ކަމުގޮސްފި
37%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް