ads
މީރާ/ ފޮޓޯ:އަވަސް
މިދިޔަ މަހު ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެއްޖެ
މިދިޔަ މަހު ޓެކްސްގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ދަށަށް ހިނގައްޖެ އެވެ.

މީރާ އަށް މިދިޔަ މަހު ޓެކްސްގެ ގޮތުގައި 332.9 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 721.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު، މީރާއަށް ޓެކްސްގެ ގޮތުގައި އާމްދަނީ ލިބިފައިވާ އަދަދު ވަނީ 388.7 މިލިއަން ރުފިޔާ ދަށްވެފަ އެވެ.

ނަމަވެސް ޖީއެސްޓީ އާއި ބީޕީޓީގެ ގޮތުގައި މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހު ބީޕީޓީގެ ގޮތުގައި 20.3 މިލިއަން ރުފިޔާ ލިބިފައިވާ އިރު އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ބީޕީޓީގެ ގޮތުގައި 5.095 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 15.2 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިދިޔަ މަހު އިންކަމް ޓެކްސް މެދުވެރިކޮށް މީރާ އަށް އާމްދަނީގެ ގޮތުގައި 52.4 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އިންކަމް ޓެކްސްގެ ގޮތުގައި 43.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 8.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ކޮވިޑް-19 ގެ ސަބަބުން ޖީއެސްޓީ އާއި އެއާޕޯޓް ސާވިސް ޗާޖްގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި މީރާއަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދު ވަނީ ބޮޑު ތަނުން ދަށްވެފަ އެވެ.

ނޮން-ޓެކްސްގެ ގޮތުގައި މިދިޔަ މަހު މީރާ އަށް 57.7 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާ އިރު، އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި 206.0 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 249.3 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

ޖުމްލަކޮށް ނަން-ޓެކްސްގެ ގޮތުގައި މީރާއަށް އާމްދަނީ ލިބުނު އަދަދު ދަށްވެފައިވާ އިރު، ވިޔަފާރި އާއި ބެހޭ ފީ އާއި ޖޫރިމަނާގެ ގޮތުގައި ލިބުނު އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން ވިޔަފާރި އާއި ބެހޭ ފީގެ ގޮތުގައި މިދިޔަ މަހު 2.544 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި 1.894 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 0.65 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ޖޫރިމަނާގެ ގޮތުގައި މިދިޔަ މަހު މީރާ އަށް 9.912 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާ އިރު، އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި މީރާ އަށް 9.296 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 0.626 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މީގެ އިތުރުން ޒަކާތާއި، އުޅަނދުފަހަރުގެ ފީ މެދުވެރިކޮށް ލިބުނު އާމްދަނީ މިދިޔަ މަހު އިތުރުވެފައިވާ އިރު ރެޒިޑެންޓް ހުއްދައިގެ ގޮތުގަ އާއި ނަން-ޓޫރިޒަމް ގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު ދަށްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް