އިއްޔެ އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ހަރަކާތުގައި އެ ކުންފުނީގެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެ އެވެ.
އެ ހަރަކާތުގެ މަގްސަދަކީ ކޮވިޑް-19 ގެ ސަބަބުން މޯލްޑިވްސް ބްލަޑް ސާވިސަސް އަށް ދިމާވެފައިވާ ލޭ ލިބުމުގެ ދަތިކަމުގެ ހާލަތަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޭނުންވާ ލޭގެ އެހީ މުވައްޒަފުންގެ ފަރާތުން ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން އެ ހަރަކާތުގެ ދަށުން މުވައްޒަފުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިއްމުކަން އަންގައިދިނުމާއި، ފަސޭހަ މާހައުލެއްގައި އެފަދަ ހަރަކާތެއްގައި މުވައްޒަފުން ބައިވެރިވެ، ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަކީ ވެސް އެ ހަރަކާތުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަން އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފައެވެ.