ads
ބަހްރައިންގެ ބޮޑުވަޒީރު ހަލީފާ ބިން ސަލްމާން އަލް ހަލީފާ
ބަހްރައިންގެ ބޮޑުވަޒީރު އަވަހާރަވެއްޖެ
ބަހްރައިންގެ ބޮޑުވަޒީރު ހަލީފާ ބިން ސަލްމާން އަލް ހަލީފާ އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 84 އަހަރުގެ ހަލީފާ ބިން ސަލްމާން އަވަހާރަވެފައި ވަނީ އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ބަހްރައިންގެ ޝާހީ ގަނޑުވަރުން ވަނީ ބުނެފަ އެވެ.

ބަހްރައިންގެ ބޮޑުވަޒީރު އަވަހާރަވުމުން އެ ގައުމުގެ ރަސްގެފާނު ޝޭހް ހަމަދު ބިން އީސާ އަލް ހަލީފާ ވަނީ ގައުމީ ހިތާމަ އިއުލާން ކުރައްވައި، އެ ގައުމުގެ ދިދަތައް ބައި ދަނޑިއަށް ތިރިކުރުމަށް ނިންމަވާފަ އެވެ.

ހަލީފާ ބިން ސަލްމާންގެ ހަށިކޮޅު އެމެރިކާ އިން ބަހްރައިން އަށް ގެނައުމަށް ހަމަޖެހިފައިވާ އިރު، އޭނާގެ ހަށިކޮޅު ފަސްދާނުލުމުގައި އާއިލީ ބޭފުޅުން އެކަނި ބައިވެރިވެވޭ ގޮތް ވަނީ ހަމަޖެހިފަ އެވެ.

މީގެ ކުރިން ބަހްރައިންގެ ސްޓޭޓް ކައުންސިލް އާއި އެ ގައުމުގެ ޑިފެންސް ކައުންސިލްގެ ވެސް އިސްވެރިޔާގެ މަގާމް އަދާކުރައްވާފައިވާ ހަލީފާ ބިން ސަލްމާން އަލް ހަލީފާ އަށް އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމް ލިބިވަޑައިގަތީ 1970 ވަނަ އަހަރުގައި އެވެ. އެއީ ބަހްރައިން މިނިވަންވިތާ އެއް އަހަރު ކުރިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް