ads
ފޮޓޯ: ބީއެމްއެލް
އެސްއެމްއީގެ ވިޔަފާރިތަކަށް ކޮވިޑް ލޯނެއް ބީއެމްއެލްއިން ތައާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްއެމްއީ ވިޔަފާރިތަކަށް ހާއްސަ ކޮވިޑް ރިލީފް ލޯނެއް މިއަދު ތައާރަފްކޮށްފި އެވެ.

ޔޫރަޕްގެ އިންވެސްޓްމެންޓް ބޭންކް (އީއައިބީ) ގެ ފަންޑުގެ ދަށުން އެ ލޯނުން 15.42 މިލިއަން ރުފިޔާއާ ހަމައަށް އެސްއެމްއީ ވިޔަފާރިތަކަށް ދޫކުރާނެކަމަށް ބީއެމްއެލް އިން ބުނެފައިވާ އިރު، އެ ލޯނަށް އެދި ހުށަހެޅޭނީ 3000 އަށް ވުރެ މަދު މުވައްޒަފުން ވަޒީފާ އަދާކުރާ ވިޔަފާރިތަކަށެވެ.

މިހާރު ލިބެން ހުރި ލޯންތަކަށް ވުރެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދޫކުރާ، އަދި ލޯނު އަނބުރާ ދެއްކުމަށް ދިގު މުއްދަތެއްވެސް ދީފައިވާ އެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލް އިން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން އީއައިބީ އިން ވަނީ ދާދިފަހުން ބީއެމްއެލް އާއި ފިނޭންސް މިނިސްޓްރީ އާއި އެކު 20 މިލިއަން ޔޫރޯ (362.4 މިލިއަން ރުފިޔާ) ގެ ލޯން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ ލޯން ދޫކުރެވިފައިވަނީ އެކްސްޓާނަލް ލެންޑިން މެންޑޭޓް (އީއެމްއެލް) ގެ ތެރެއިން ކަމަށް ވުމާއެކު، އީޔޫގެ ކޮމްޕްރެހެންސިވް ގެރެންޓީގެ ދަށުން ހާއްސަ ލުއިތަކެއް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އީއައިބީގެ އެ ފަންޑުގެ ދަށުން ފަތުރުވެރިކަމުގެ ސިނާއަތާއި، އެހެނިހެން ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ކޮވިޑްގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ލިބިގެންދާނެ ކަމަށާއި، އެ ލޯންގެ ސަބަބުން ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް މަގުފަހިވެގެންދާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް