ads
އާރުޓީއެލްގެ ފެރީއެއް
ފ އަތޮޅާއި ދ އަތޮޅުގައި މާދަމާ އާރުޓީއެލް ފެރީގެ ހިދުމަތް ފަށަނީ
ފ އަތޮޅާއި ދ އަތޮޅުގައި މާދަމާ ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.
Advertisement

މާދަމާ ހިދުމަތް ފެށުމަށް ފަހު އެ ދެ އަތޮޅުގެ ރައްޔިތުންނަށް މިމަހުގެ 25 ގެ ނިޔަލަށް ހިލޭ ދަތުރުކުރެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އޭގެ ފަހުން ދަތުރުތައް ކުރިޔަށް ގެންދާނީ ޓިކެޓް ވިއްކައިގެން ކަމަށާއި ޓިކެޓް އާރުޓީއެލްގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއި އެކު ލިބޭނެކަމަށް އެމްޓީސީސީން ބުނެއެވެ. 

ފ އަދި ދ އަތޮޅުގައި މި ހިދުމަތް ފެށުމުން އާރް.ޓ.ީއެލް ހިދުމަތް ޖުމްލަ 14 އަތޮޅެއްގައި ދޭން ފެށުނީ އެވެ. އެއ ހއ،. ހދ،. ށ. ނ،. ރ. ބ. ޅ. ތ. ގއ. ގދ. ޏ،. އައްޑޫ ސިޓީއެވެ. ބާކީ އޮތް 6 އަތޮޅުގައިވެސް އާރް.ޓ.ީއެލް ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެމްޓީސީސީން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް