ads
މެޔޮނައިސް ހޭކުމުން އިސްތަށިގަނޑަށް ފަރުވާ ލިބޭ--
ރީތި އިސްތަށިގަނޑެއް ހޯދަން ބޮލުގައި މެޔޮނައިސް ހާކަން ކެރޭނެތަ؟
މެޔޮނައިސް ހެއާ މާސްކަކީ މިހާރުގެ ޓްރެންޑެކެވެ. އިސްތަޑިގަނޑު އޮމާންކޮށް، މަޑުކޮށް ބެހެއްޓުމަށް މެޔޮނައިސް ހެއާ މާސްކު މިހާރަކަށް އައިސް ގިނަ މީހުން ދަނީ ބޭނުން ކުރަމުންނެވެ.

މެޔޮނައިސް ހެއާ މާސްކު އާއްމު ގޮތެއްގައި ބޭނުން ކުރަނީ ކުޑަކޮށް ބުޅި އަދި ވަރަށް ބުޅި އިސްތަށިގަނޑަށެވެ. އެކަމަކު ފަން އިސްތަށިގަނޑަށް ވެސް މީގެ ފައިދާތައް އެބަ ހުއްޓެވެ. 

ފައިދާތަކުގެ ތެރޭގައި އިސްތަށިގަނޑުގައި ގޮށް ޖެހުން މަދުވެ، ވަރުގަދަވެ، އިސްތަށި އަވަހަށް ދިގުވުމަށް އެހީވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

އޭގެ އިތުރުން މިއީ ބޮލުގައި އުކުނު އެޅުން ފަދަ ކަންކަމުން ދުރުވުމަށް ވެސް އޮތް ފަރުވާއެއް ކަމަށް ބައެއް ދިރާސާތަކުގައި ބުނެފައި ވެއެވެ.

މެޔޮނައިސް ހެއާ މާސްކު ވަރަށް ފަސޭހަ އެވެ. އެގޮތުން އިސްތަށިގަނޑު ތެތްކޮށްލުމަށް ފަހު އެއް ޖޯޑު މެޔޮނައިސް އިސްތަިތަކުގެ ބުޑުން ފެށިގެން ކޮޅާ ހަމައަށް ހާކާށެވެ.

ބޭނުން ނަމަ މެޔޮނައިސްގެ މިންވަރު އިތުރު ކުރެވޭނެ އެވެ. އިސްތަށިތަކުގެ ތެރެއަށް މަސާޖު ކުރުމުން މީގެ ފައިދާ ބޮޑު ކަމަށް ވެއެވެ. ހެއާ ކެޕް ބޮލުގައި އަޅާ 20 މިނެޓު މަޑު ކުރާށެވެ. 

އޭގެ ފަހުން ފެނުން ރަނގަޅަށް ދޮވުމަށް ފަހު ޝޭމްޕޫ ލައިގެން އިސްތަށިގަނޑު އަލުން ދޮވެލާށެވެ. އެންމެ ރަނގަޅު ނަތީޖާ ފެންނާނީ ހަފްތާއަކު އެއް ދުވަހު މީގެ މާސްކެއް ބޭނުން ކުރުމުންނެވެ. 

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް