ads
ފޮޓޯ: ފޮރިން މިނިސްޓްރީ
އެންގޯލާއާ އެކު ރާއްޖެއިން ސިިޔާސީ ގުޅުން ގާއިމުކޮށްފި
އެންގޯލާއާއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކޮށްފި އެވެ.

ދެގައުމުގެ މެދުގައި ސިޔާސީ ގުޅުން ގާއިމުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައި ވަނީ ނިއުޔޯކުގެ ރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަނުގަ އެވެ. 

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ތިލްމީޒާ ހުސެއިން އެވެ. އެންގޯލާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން އދ. އަށް ކަނޑައަޅުއްވާފައިވާ ސަފީރެވެ.

އެންގޯލާއާއެކު ސިޔާސީ ގުޅުން ގާއިމުކުރުމާއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކުރި ގައުމުތަކުގެ އަދަދު މިވަނީ 173 އަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް