ads
ތިމަރަފުށި--
ތިމަރަފުށީގައި ފާރެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ
ތ. ތިމަރަފުށީގައި މީހެއްގެ ގަޔަށް ފާރެއް ވެއްޓި އަނިޔާވެއްޖެ އެވެ.

އެރަށު ކައުންސިލްގެ ރައީސް އިސްމާއިލް އިބްރާހިމް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 2:30 ހާއިރެވެ. 

އެގޮތުން އަރިއަޅާލާފައިވާ ފާރެއް ރަނގަޅުކުރަން އުޅުމުގެ ތެރޭގައި އަނިޔާވެފައި ވަނީ އުމުރުން 39 އަހަރުގެ ފިރިހެނަކަށް ކަމަށް އިސްމާއިލް ވިދާޅުވެ އެެވެ. 

އެމީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް މާލެއަށް ގެނެސްފައި ވަނީ މިއަދު އިރުއޮއްސުންހާއިރު އެމްއެންޑިއެފް ހެލިކޮޕްޓަރުގައި ކަމަށް ވެސް އިސްމާއިލް ވިދާޅުވެ އެެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް