ads
ޝެހެނާޒް އަދު އޭނާގެ ބައްޕަ--
ޝެހެނާޒްއާ ދެން ދުވަހަކު ވެސް ވާހަކަ ނުދައްކާނެ ކަމަށް ބައްޕަ ބުނެފި
ބިގްބޮސް 13 ގެ ފައިނަލިސްޓުންގެ ތެރޭގައި ހިމެނޭ ޝެހެނާޒް ގިލްއަކީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ތަރިއެކެވެ. ލަވަކިޔުންތެރިއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ޝެހެނާޒަކީ ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ފޮލޯކުރަމުންދާ ތަރިއެކެވެ.

މިފަހުން ޝެހެނާޒް މިވަނީ އޭނާގެ އަވަށަށް ދެ އަހަރު ފަހުން ޒިޔާރާތްކޮށްފަ އެވެ. ޕަންޖާބަށް އެ ކުރި ޒިޔާރާތުގައި އޭނާގެ ސަޕޯޓަރުން ތިބީ ބައްދަލުކުރަން ކެތްމަދުވެފަ އެވެ. އެކަމަކު ޝެހެނާޒް ވަނީ އެމީހުންނާއި ބައްދަލުނުކުރާން ނިންމާފަ އެވެ. 

އެ ނިންމުމާއެކު އޭނާގެ ބައްޕަ ވެސް މިވަނީ ވަރަށް ރުޅި އައިސްފަ އެވެ. ޝެހެނާޒްގެ ބައްޕަ އިންޑިއާގެ ނޫހަކަށް ބުނީ ކުޑަކުދިން ވެސް ތިބީ ޝެހެނާޒް އަންނަ ވާހަކަ އިވި އޭނާއާއެކު ފޮޓޯ ނަގަން ކެތްމަދުވެފައި ކަމަށާއި އަދި އޭނާ ވެސް ވާނީ ޝެހެނާޒް އައުމުން އެކުދިންނާއެކު ފޮޓޯއަށް ހުއްޓޭނެ ކަމުގެ ޔަގީންކަން ވެސް ދީފައި ކަމަށެވެ. 

އެގޮތުން އޭނާ ނިސްބަތްވާ އަވަށަށް ނުދާތާ ގާތްގަނޑަކަށް ދެ އަހަރު ފަހުން އެތަނާ ކައިރި ހިސާބަކަށް އައުމަށް ފަހު ވެސް އެ އަވަށް އައިސް ނުލާ ކަމަށް ބުނެ އެވެ. 

އެކަމާއި ރުޅިއައިސްފައި ހުރެ ފޯނު ބާއްވަމުން ދުވަހަކު ވެސް ދެން އޭނާއާ ވާހަކަ ނުދައްކާނެ ކަމަށް ބުނެވުން ކަމަށާއި އާއިލާގެ އެންމެން ވެސް ތިބީ އެކަމާއި ކަންބޮޑުވެފައި ކަމަށް ބުނެ އެެވެ. 

އޭނާގެ ބައްޕަ ބުނާ ގޮތުންނަމަ ޝެހެނާޒް ހުރީ ގާތްގަނޑަކަށް ގަޑިއިރެއްހާ އިރުން ދުއްވާފައި އާދެވޭހާ ކައިރީގަ އެވެ. އެކަމަކު ބައްދަލުނުވާތާ ގިނަ ދުވަސްތައް ވުމުން ވެސް އޭނާ އާއިލާއާ ބައްދަލުކޮށްލަން އައިސްފައެއް ނުވެ އެވެ.

އޭނާގެ ބައްޕަގެ ކަންބޮޑުވުމަކީ ޝެހެނާޒް މަޝްހޫރުވީ ބޮޑަށް ބިގްބޮސް އިން ކަމަށްވެފައި ބިގްބޮސްގެ ދަތުރުގައި ވަރަށް ގިނަ ބަޔަކު އޭނާއަށް އެހީވިއިރު ވެސް އެމީހުންނާއެކު ވަގުތު ހޭދަކޮށްލަން ބޭނުންނުވެ މާ ތަރިއެއްގެ ގޮތްގަނޑު ދެއްކުމެވެ. 
16%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް