ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ބަހުރެއިންގެ ބޮޑުވަޒީރު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ބަޙްރައިންގެ ބޮޑުވަޒީރު ޕްރިންސް ހަލީފާ ބިން ސަލްމާން އަލް ހަލީފާ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ބަހުރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާއަށް، ރައީސް ސާލިހު ފޮނުވި ތައުޒީޔާގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ، ބޮޑުވަޒީރު ޕްރިންސް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ ކުރައްވާފައިވާ މަސައްކަތްޕުޅުތަކާއި، ހާސިލްކުރައްވާފައިވާ ކުރިއެރުންތަކަކީ ބަހުރެއިންގެ އިތުރުން ބައިނަލްއަގްވާމީ މުޖުތަމައުންވެސް ފާހަގަކުރާނެ މުހިންމު މަސައްކަތްޕުޅު ތަކެއްކަން ފާހަގަކުރައްވާފަ އެވެ. 

އަދި ރައީސް ސާލިހުގެ މެސެޖުގައި އެމަނިކުފާނު ވަނީ، ބޮޑުވަޒީރުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާ ދަންނަވާފައެވެ. 

ބޮޑުވަޒީރު ޝައިހް ހަލީފާ ބިން ސަލްމާން އަލް ހަލީފާ އަވަހާރަވީރު އުކުރުފުޅަކީ 84 އަހަރެވެ. އެމަނިކުފާނު އަވަހާރަވީ އެމެރިކާގެ ހޮސްޕިޓަލެއްކަމަށްވާ މޭޔޯ ކުލިނިކު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދަނިކޮށެވެ.

ބަހުރެއިންގެ ބޮޑުވަޒީރު ކަމުގެ މަގާމު އެންމެ ގިނަދުވަހު އަދާކުރައްވާފައި ވަނީވެސް ޝައިހް ހަލީފާ ބިން ސަލްމާން އަލް ހަލީފާ އެވެ. 

ބޮޑުވަޒީރު އަވަހާރަވުމާއި ގުޅިގެން ބަހުރައިނުގެ ރަސްގެފާނު ޝައިހް ހަމަދު ބިން އީސާ އަލްހަލީފާ ވަނީ ކުރިއަށް އޮތް އެއް ހަފުތާއަކީ ހިތާމަ ފާޅުކުރުމުގެ އެއް ހަފުތާގެ ގޮތުގައި ކަނޑައަޅުއްވައި، އެގައުމުގެ ދިދަތައް ބައިދަނޑިއަށް ތިރިކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް