ads
ނިކް އަދި ޕްރިޔަންކާ
ކަރަންޓީން ވާން ޖެހުނަސް އަނބިމީހާ ކައިރީ ހުރެވޭތީ އުފާވޭ: ނިކް
ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ނިކް ޖޯނަސް އާއި ޕްރިޔަންކާ ޗޮޕްރާ ގޭގައި އަމިއްލައަށް ކަރަންޓީނުވެގެން ތިބޭތާ މިހާރު ހަ މަސް ވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އެކުގައި ލޮކްޑައުންގައި ވަގުތު ހޭދަކުރަމުން ދިޔަ ގޮތް އެމީހުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާވެސް ހިއްސާކޮށްފަ އެވެ. 

އަދި އެގޮތަށް ތިބެންޖެހުނު ނަމަވެސް ދެމަފިރިން އެކީގައި ވަގުތު ހޭދަކުރެވޭތީ ވަރަށް ހިތްހަމަޖެހޭ ކަމަށް ނިކް ވަނީ ބުނެފައެވެ. އޮންލައިންކޮށް ނިކް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ކަރަންޓީންގެ މިވަގުތުގައި އަނބިމީހާ ޕްރިޔަންކާ އާއި އެކީ ވަގުތު ހޭދަކުރެވޭތީ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތި ނުވިނަމަ ދެމީހުންނަށް އެކަކު އަނެކަކާއިއެކު ވަގުތު ހޭދަ ކުރަން ވަރަށް އުނދަގޫވީސް ކަމަށެވެ. 

އެހެން ނަމަވެސް މިހާރު ދެމީހުންނަށް ގިނަ ވަގުތު ހޭދަކުރެވޭ ކަމަށާއި ދެމީހުންގެ އޮފީސް މަސައްކަތްތައް ވެސް ވަނީ އާއިލީ ވިޔަފާރީއަކަށް ވެފައި ކަމަށެވެ. އެގޮތުން އެ މަަސަކަތްތައް ވެސް ކުރަމުން ދަނީ އެކަކު އަނެކަކު ވަރަށް ބޮޑަށް ގުޅިގެން ކަމަށް ނިކް ބުނެފައި ވެއެވެ.

ވަރަށް ފަހުން ވެެސް ޕްރިޔަންކާ ވަނީ ދެމީހުން އެކީ ކަރަންޓީން ދުވަސްތައް ހޭދަކުރަމުންދާ ގޮތުގެ ލޯބި ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ފޮޓޯ އާއެކު ޕްރިޔަންކާ ބުނެފައި ވަނީ އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ނިކް ވުމުން އަބަދަށް ވެސް ޝުކުރުވެރިވާނެ ކަމަށާއި، ނިކް އަކީ އޭނާގެ "ފޮރްއެވާ ގާއި" ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް