ads
ބިދޭސީން ގަލޮޅު ދަނޑުގައި--
ގައުމަށް އެނބުރި ދާން ބޭނުންވާ ބިދޭސީން ވަޒީފާގައި ތިބިތޯ ބަލަނީ
"ވޮލަންޓަރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން ގައުމަށް އެނބުރި ދާން ބޭނުންވާ ފަރާތްތަކަކީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލް އެއް އޮތް ފަރާތްތަކެއްތޯ ބެލުމަށް އެ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށްފި އެވެ.

"ވޮލަންޓަރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމް އަކީ ބަންގްލަދޭޝްގެ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ގަވާއިދާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން ގައުމަށް އެނބުރި ދާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ނަމަވެސް "ވޮލަންޓަރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން އެނބުރި ގައުމަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލް އެއްގައި ތިބި ގިނަ ފަރާތްތައްވެސް ހުށަހަޅާފައިވާ ކަމަށާއި، އެ ފަރާތްތައް އެނބުރި ގައުމަށް ދާން ހުށަހަޅާފައި ވަނީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ދަށުން މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބަޔާންކޮށް ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އެހެންކަމުން މިނިސްޓްރީ އިން ވަނީ ގައުމަށް އެނބުރި ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލް އެއް ގައި ތިބި، ނަމަވެސް އެ ފަރާތްތަކަކީ އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ތަކުގައި މަސައްކަތްކުރަމުން ނުދާ ކަމަށް ބުނާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށްފަ އެވެ.

މައުލޫމާތު އާންމުކުރުމަށް ފަހު، އިކޮނޮމިކް މިނިސްޓްރީ އިން ވަނީ އެ ލިސްޓުގައި ހިމެނޭ ފަރާތްތަކަކީ މަސައްކަތް ކުރާ ފަރާތްތައް ކަމަށްވާ ނަމަ، އެކަން ބަޔާންކޮށް، މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ މިނިސްޓްރީ އަށް އެ ފަރާތްތަކާއި ވަޒީފާ ދީފައިވާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު މެއިލް ކުރުމަށް އަންގާފަ އެވެ.

އެ މުއްދަތުގައި ވަޒީފާ ދޭ ފަރާތްތަކުން މިނިސްޓްރީ އަށް މައުލޫމާތު ހިއްސާކޮށްފައި ނުވާ ނަމަ، ލިސްޓުގައިވާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ދަށުން މިހާތަނަށް 8،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ގައުމަށް އަނބުރާ ފޮނުވާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް