ފުލުހުން ބުނީ އެމްޑަބްލިއުއެސްސީ ޕާކިން ޒޯނުގައި ރޭ ހަރަކާތްތެރިވެފައި ވަނީ އެތަނުގައި ގޮތް ނޭނގޭ އެއްޗެއް އޮތްކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ކަމަށެވެ.
އެކަމަކު އެއީ ނުރައްކާތެރިއެއް ނޫންކަން ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެެ.
އެގޮތަށް ފުލުހުން ހާމަކުރިއިރު އެ ސަރަހައްދުގައި އެމްއެންޑީއެފުން ވެސް ހަރަކާތްތެރިވި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެކަމެއް ހިނގާފައި ވަނީ ހަރުކަށި ފިކުރުގެ މީހުންގެ ބަޔަކު ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންދަނިކޮށެވެ.