އެގޮތުން ވޯޓާމެލަން ލެމަނޭޑަކީ ކުޑަކުދިންގެ ޕާޓީތަކަށް ވަރަށް ކަމުދާނެ ފަސޭހައިން ހަދާލެވޭ އެއްޗެކެވެ.
ބޭނުންވާ ތަކެތި
ތައްޔާރު ކުރާނެ ގޮތް
ކަރާގެ މަތިން ފަޅިކޮށްލާށެވެ. އަދި އެތެރޭގައިވާ ބައި ސަމުސަލަކުން ނަގާ އެތެރެ އެއްކޮށް ހުސްކޮށްލާށެވެ. އެތެރޭގައިވާ ބައި ނެގުމަށް ފަހު މިކްސްޗަރުން ގިރާށެވެ. އެންމެ ރަނގަޅީ އެއްކޮށް ދިޔާ ނުކޮށް، ޕިއުރީއެއް ގޮތަށް ހުރުމުންނެވެ. ގިރާއިރު، ލުނބީ ޖޫހާއި ހަކުރު އަދި އަޅާށެވެ. އަދި ނިމުމުން ސޯޑާ އަޅާށެވެ.
ކުރިން އެތެރެ ހުސްކުރި ކަރާ ފަޅީގެ ތެރެއަށް އައިސް އަޅާށެވެ. އަދި އޭގެ ތެރެއަށް މިކްޗަރުގައި ގިރި ކަރާތައް ވެސް އަޅާށެވެ. ސާވް ކުރާއިރު ތައްޓަށް ލެވޭ ގޮތަށް ކައިރީގައި މިންޓް ފަތް އަދި ލުނބޯ ފޮތި އަތުރާފައި ބަހައްޓާށެވެ.