ads
މެރަޑޯނާ
މެރަޑޯނާ ހޮސްޕިޓަލުން ދޫކޮށްލައިފި
ހުސްވި ހަފުތާގެ ކުރީކޮޅު ކުރި ސިކުނޑީގެ ކާމިޔާބު އޮޕަރޭޝަނަކަށް ފަހު ޑިއޭގޯ މެރަޑޯނާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ. މެރަޑޯނާގެ ޑޮކްޓަރާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މެރަޑޯނާގެ ހާލު ރަނގަޅެވެ.

ހުސްވި ހަފުތާ ގެ ކުރީކޮޅު މެރަޑޯނާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރީ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުންނެވެ. މެރަޑޯނާ ހޮސްޕިޓަލުން ދޫކޮށްލީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. ކުރިން ހީކުރެވުނު ވަރަށްވުރެ ގިނަ ދުވަހު މެރަޑޯނާއަށް ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބުދަ ދުވަހުގެ މެންދުރު ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން މެރަޑޯނާ މިހާރުވަނީ އާޖެންޓިނާގެ ރިހެބަކަށް ގެންގޮސްފައެވެ. އެ ތަނުގައި ދުވަސްކޮޅެއްވަންދެން އޭނާ ފަރުވާ ހޯދާނެއެވެ.

މެރަޑޯނާގެ ހާލު ދެރަވެ އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. އޭނާ އެޑްމިޓް ކުރިއިރުއްސުރެ ފުޓްބޯޅައަށް ސަޕޯޓް ކުރާ އެތައް ބަޔަކު އަންނަނީ އޭނާގެ ހާލު އޮޅުން ފިލުވައި ހެޔޮ އެދުންތައް ފޮނުވަމުންނެވެ. އޭގެ ތެރޭގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް