ads
2016 ވަނަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ތެރެއިން--- ފޮޓޯ: މޯލްޑިވްސް އިންސައިޑާ
ޑަބްލިއުޓީއޭގައި އިންޑިއާ ކަނޑުގެ ހަތަރު ކެޓަގަރީއަކުން ރާއްޖެއަށް އެވޯޑް ލިބިއްޖެ
27 ވަނަ ދުނިޔޭގެ ޓްރެވަލް އެވޯޑްސްގެ އިންޑިއާ ކަނޑުގެ ކެޓަގަރީ އިން ދިވެހިރާއްޖެ ހަތަރު ކެޓަގަރީ އެއް ކާމިޔާބު ކޮށްފި އެވެ.
Advertisement

މިފަހަރު ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ދުނިޔޭގެ ޓްރެވަލް އެވޯޑްސްގެ އިންޑިއާ ކަނޑުގެ ކެޓަގަރީ އިން ރާއްޖެ އަށް ހަތަރު އެވޯޑެއް ލިބިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ ކަނޑުގެ އެންމެ މަގްބޫލު މަންޒިލްގެ އެވޯޑާއި، އެންމެ މަގްބޫލް ބީޗް ހިމެނޭ މަންޒިލްގެ އެވޯޑާއި، އެންމެ މަގްބޫލް ޑައިވް މަންޒިލްގެ އިތުރުން އެންމެ މަގްބޫލް ކްރޫސް ޑެސްޓިނޭޝަންގެ އެވޯޑެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިލާން ޖެހުނު ދަތިތަކާއި އެކު ވެސް ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ލިބުނު ތަރުހީބާއި ލޯތްބަކީ ރާއްޖެއަށް ފަތުރުވެރިންގެ ޝައުގުވެރިކަން އޮންނަ މިންވަރު ހާމަވާ ކަމެއްކަމަށް މޯލްޑިވްސް ޓޫރިޒަމް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ބުނެފަ އެވެ.

ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލް ކަމުގައި ސިފަކުރައްވައި ފަތުރުވެރިން ޒިޔާރަތް ކުރުމަށް ދައުވަތު އަރުވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު ވިދާޅުވީ މިއީ ރާއްޖެ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން އާއި ހަމައަށް ވާސިލުވުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ.

ކޮންމެ އަހަރަކު ޓްރެވަލް އެވޯޑްސްގެ ފަހުން ބާއްވާ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގާލާ ސެރެމަނީ މިފަހަރު ވާޗުއަލްކޮށް ބާއްވާ އިރު، އެވޯޑްތައް ހާސިލް ކުރި ގައުމުތަކުން ވަނީ މި މަހުގެ 10 ވަނަ ދުވަހު އިންޑިއާ ކަނޑުގެ ވިނާސް ޑޭ ފާހަގަ ކުރުމުގެ ގޮތުން އެއް ޕްލެޓްފޯމެއްގައި ބައިވެރިިވެ، އެ ގައުމުތަކުގެ ރީތިކަން ހާމަކޮށްދޭ އެކި ފޮޓޯތަކާއި ވީޑިއޯތައް ދައްކައިލާފަ އެވެ.

މީގެ ކުރިންވެސް ރާއްޖެ އިން އެކި ކެޓަގަރީތަކުން އެވޯޑްތައް ލިބިފައިވާ އިރު، އޭގެ ތެރޭގައި ދުނިޔޭގެ އެންމެ މަގްބޫލް އެއާޕޯޓް ރިސޯޓް، ދުނިޔޭގެ އެންމެ މަގްބޫލް ބީޗް އޮންނަ މަންޒިލް، އަދި އެންމެ މަގްބޫލް ލަގްޒަރީ އައިލެންޑް ރިސޯޓް ފަދަ އެވޯޑްތައް ކާމިޔާބު ކޮށްފަ އެވެ.

ރާއްޖެ ވަނީ ފާއިތުވެދިޔަ 16 އަހަރު ދުވަހު 12 ފަހަރު މަތިން އިންޑިއާ ކަނޑުގެ އެންމެ މަގްބޫލް މަންޒިލްގެ މަގާމް ހާސިލްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް