ads
ޑރ. ނަޒްލާ ރަފީގް-- ފޮޓޯ: އެޗްއީއޯސީ
އެންޓިބޮޑީ ސާވޭގެ ނަތީޖާ މިމަސް ނިމުމުގެ ކުރިން ހާމަކުރާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވެއްޖެ
މާލޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ބަލަން ކުރިއަށް ގެންދާ އެންޓިބޮޑީ ސާވޭއަށް ސާމްޕަލް ނަގާއި ނިމިފައިވާއިރު އެ ސާވޭގެ ހޯދުންތައް މިމަސް ނިމުމުގެ ކުރިން ހިއްސާކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މި ސާވޭއަކީ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން މި ބައްޔަށް ހުށައެޅިފައި ވަނީ އާބާދީގެ ކިތައް އިންސައްތަ މީހުންތޯ ދެނެގަނެ، ކޯވިޑް-19 އިތުރަށް ފެތުރިގެންދާ ބާރުމިނާއި، ޕޮލިސީތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ. 

ޑރ. ނާޒްލާ ވިދާޅުވީ މި އެންޓިބޮޑީ ޓެސްޓުތަކަކީ ދިރާސާއެއް ކުރުމުގެ ބޭނުމުގައި ހަދާ ޓެސްޓުތަކެއްކަމުން، ޓެސްޓުގެ ނަތީޖާއަކުން ސާމްޕަލް ދިން މީހާ އިތުރުކަމެއް ކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެކި އުމުރުފުރާގެ ތެރެއިން ރެންޑަމްކޮށް ބައިވެރިން ހޮވައިގެން ސާވޭ ކުރިއަށް ގެންގޮސްފައިވާއިރު އެ ދިރާސާގައި 4098 މީހުން ބައިވެރިކުރާނެ ކަމަށެވެ. 

 އެޗް.ޕީ.އޭ އާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން، 4 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސަރވޭގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. މި ސާވޭގެ ފުރަތަމަ ބުރުގައި ސާމްޕަލް ނަގާފައިވަނީ ހަމައެކަނި 18 އަހަރުން ދަށުގެ ކުދިންގެ ސާމްޕަލްއެވެ. 

ޕީސީއާރު ޓެސްޓާ ހިލާފަށް އެންޓި ބޮޑީ ޓެސްޓް ހަދަނީ ލޭ ނަގައިގެން އާންމުކޮށް ލެބޯޓްރީ ޓެސްޓްތައް ހަދާ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް