ސްކޮޓްލަންޑް ޔޫރޯއަށް ކޮލިފައިވީ، ޕްލޭއޮފްގައި ޕެނަލްޓީ ޖަހައިގެން 5-4 އިން ސާބިއާ ބަލިކޮށްގެނެވެ. ޖޯޖިއާގައި ރޭ ކުޅުނު މެޗު ޕެނަލްޓީ އަށްދާން ޖެހުނީ އެކެއް އެކަކުން ދެ ޓީމު އެއްވަރުވުމުންނެވެ. ރޭގެ މެޗުގައި ސްކޮޓްލަންޑަށް ލަނޑު ޖަހައިދިނީ ދެވަނަ ހާފުގެ ކުރީކޮޅު ރިޔާން ކްރިސްޓީ އެވެ. އެއް ލަނޑުގެ ނަތީޖާއިން މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް އިތުރު ވަގުތު ތެރޭގައި ސާބިއާއިން ލަނޑެއް ޖަހައި މެޗު އެއްވަރު ކުރީއެވެ. ސާބިއާގެ ލަނޑު ޖެހީ ލޫކަ ޔޯވިޗް އެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ހަމައެކަނި ކާމިޔާބު ނުކުރެވުނީ ސާބިއާގެ އަލެކްސަންޑަ މިޓްރޮވިޗްގެ ޕެނަލްޓީއެވެ. މިޓްރޮވިޗްގެ ޕެނަލްޓީ ސްކޮޓްލެންޑްގެ ކީޕަރު ޑޭވިޑް މާޝަލް ދިފާއު ކުރީއެވެ.