ads
މިނިސްޓަރު ޝާހިދު--
ޖީ-20 ގެ ލުއިތަކާއެކު ދަރަނި މެނޭޖްކުރަން އަލި މަގެއް ފެންނާނެ
ޖީ-20ގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމަށްފަހު، ފާސްކޮށްފައިވާ "ކޮމަން ފްރޭމްވޯކް ފޮ ޑެބްޓް ޓްރީޓްމަންޓްސް ބިޔޯންޑް ޑީއެސްއެސްއައި" އަށް ރާއްޖެ އިން މަރުހަބާ ކިޔައިފި އެވެ.

ޖީ-20 އިން އިއްޔެ ބޭއްވި އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމަށް ފަހު، ފާސްކޮށްފައިވާ "ކޮމަން ފްރޭމްވޯކް ފޮ ޑެބްޓް ޓްރީޓްމެންޓްސް ބިޔޯންޑް ޑީއެސްއެސްއައި" ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް މަގުފަހިވެގެން ދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

މި ފްރޭމްވޯކްގެ ސަބަބުން ރާއްޖެ އަށް ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ތައްޔާރުކުރެވިފައިވާ "ނެޝިނަލް ރެސިލިއަންސް އެންޑް ރިކަވަރީ 2020-2022" ގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ދަރަނި މެނޭޖްކުރުމުގެ މަޝްވަރާތަކަށް އަލި މަގެއް ފެނިގެންދާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވެފައިވެ އެވެ.

ދާދި ފަހުން އޮތް ޖީ-77 ގެ ބައްދަލުވުމުގެ އިތުރުން އދ. ގެ އާއްމު މަޖިލިހުގެ ބައްދަލުވުމުގައި ރާއްޖެ ފަދަ އިގްތިސާދީ ގޮތުން ނާޒުކު ކުދި ޖަޒީރާ ގައުމުތަކަށް ދަރަނީގެ ލުއި ދިނުމުގެ މުހިއްމުކަމާއި ބެހޭ ގޮތުން އަލި އަޅުވާލައި، މިނިސްޓަރު ޝާހިދު ވަނީ އެ ފަދަ ގައުމުތަކަށް ދަރަނި ދެއްކުމަށް ލުއިތަކެއް ދިނުމަށް މަގުފަހިކޮށްދިނުމަށް ގޮވާލައްވައިފަ އެވެ.

ރާއްޖޭގެ ދަރަނި 80 މިލިއަން ރުފިޔާ އަށް ބޮޑުވެފައިވާ އިރު، ފިޗް އިން ވަނީ ދާދިފަހުން ރާއްޖޭގެ ރޭޓިން ސީސީސީ އަށް ދަށްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް