ads
ފިނޭންސް މިނިސްޓްރީ--
މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ އިން އެންމެ ބޮޑު ހޭދައެއް ޓްރާންސްޕޯޓަށް
ޕަބްލިކް ސާވިސް އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ދައުލަތުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޓްރާންސްޕޯޓްގެ މަޝްރޫއުތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޕީއެސްއައިޕީގެ ދަށުން ސަރުކާރުން މި އަހަރުގެ މިހާތަނަށް 933.3 މިލިއަން ރުފިޔާ ޓްރާންސްޕޯޓަށް ހޭދަކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 1.499 ބިލިއަން ރުފިޔާ ޓްރާންސްޕޯޓަށް ހޭދަކޮށްފައިވެ އެވެ.

ޓްރާންސްޕޯޓަށް ކޮށްފައިވާ ހޭދަތަކަށް ބަލައިލާ އިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބަނދަރު ހެދުމުގެ މަޝްރޫއުތަކަށެވެ. އެގޮތުން ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް ސަރުކާރުން 432.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެއާޕޯޓްތަކަށް 206.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ދެވަނަ އަށް ޕީއެސްއައިޕީގެ ދަށުން އެންމެ ގިނައިން ސަރުކާރުން ބިން ގަތުމާއި މަގު ހެދުމަށް ހޭދަކޮށްފައިވާ އިރު، 931.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެގޮތުން މަގުތަށް ހެދުމުގެ މަޝްރޫއު ތަކަށް 179.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، ބިން ގަތުމަށް 751.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ޕީއެސްއައިޕީގެ ދަށުން ފެނާއި ނަރުދަމާ އަށް މި އަހަރުގެ މިހާތަނަށް 291.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، ތިމާވެށީގެ މަޝްރޫއުތަކަށް 57.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މިސްކިތްތައް އަޅައި މަރާމާތުކުރުމަށް 26.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، ހައުސިން މަޝްރޫއުތަކަށާއި ކަރަންޓު ސިސްޓަމްތަކަށް 103.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ޕީއެސްއައިޕީގެ ދަށުން މި އަހަރުގެ މިހާތަނަށް ސިއްހީ އަދި އިޖުތިމާއީ ކަންތައްތަކަށް 363.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އޭގެ ތެރެއިން ސިއްހީ ކަންތައްތަކަށް 240.6 މިލިއަން ރުފިޔާ، ސޯޝަލް ހިދުމަތްތަކަށް 3 މިލިއަން ރުފިޔާ، އަދި ކުޅިވަރަށް 119.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ތިމާވެށީގެ ކަންތައްތަކަށް 57.4 މިލިއަން ރުފިޔާ މި އަހަރުގެ މިހާތަނަށް ހޭދަކޮށްފައިވާ އިރު، އޭގެ ތެރެއިން ކުނި މެނޭޖްކުރުމަށް 38.8 މިލިއަން ރުފިޔާ، އިއާދަކުރުވަނިވި ހަކަތައަށް 4.3 މިލިއަން ރުފިޔާ، ފެން ހިންދާ ނިޒާމަށް 9.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް