ads
ސާޖިއޯ ރާމޮސް
ރާމޯސް ރެކޯޑް ހެދި މެޗުގައި ދެ ޕެނަލްޓީ ގެއްލުވާލައިފި
ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދiން ޔޫރަޕުގެ ކުޅުންތެރިޔާގެ ރެކޯޑް ހެދި މެޗުގައި ސްޕެއިންގެ ސާޖިއޯ ރާމޯސް ދެ ޕެނަލްޓީ ނަގާލައިފިއެވެ. އެއީ ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްވިޓްޒަލަންޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ސްވިޓްޒަލަންޑާއި ސްޕެއިން ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމް އެއްވަރު ވެގެންނެވެ. މިއީ ސްޕެއިންގެ ގައުމީ ޓީމަށް ރާމޮސް ކުޅުނު ސަތޭކަ ހަތްދިހަ ހަތްވަނަ މެޗެވެ. 

މިއީ ޔޫރަޕުގެ ކުޅުންތެރިއަކު ގައުމީ ޓީމަށް ކުޅުނު އެންމެ ގިނަ މެޗެވެ. ރެއާއި ހަމައަށް އެ ރިކޯޑް އޮތީ އިޓަލީގެ ގޯލް ކީޕަރު ޖިއަން ލުއިޖީ ބުފޮން އަތުގައެވެ. 

ސްވިޓްޒަލަންޑާ ދެކޮޅަށް ކުޅުނު މެޗުގައި ސްޕެއިނަށް ލިބުނު ދެ ޕެނަލްޓީ ރާމޮސް އަތުން ކާމިޔާބު ނުވެ ދިޔައެވެ. ރާމޮސް ޖެހި ދެ ޕެނަލްޓީވެސް ސްވިޓްޒަލަންޑްގެ ގޯލް ކީޕަރު ދިފާއު ކުރީއެވެ. 

އެހެންނަމަވެސް ސްޕެއިންގެ ކޯޗު ލުއިޒް އެންރީކޭ މެޗަށް ފަހު، ރާމޮސްގެ ދިފާއުގައި ބުނީ ތިންވަނަ ޕެނަލްޓީއެއް ލިބުނު ނަމަވެސް ޕެނަލްޓީ ޖަހަން ފުރުސަތު ދޭނީ ރާމޮސްއަށް ކަމަށެވެ. 

ރާމޮސް އަތުން ޕެނަލްޓީއެއް މި މިސްވީ ދެހާސް އަށާރަވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް