ads
ފްރެންޑްސްގެ ތަރިން--
"ފްރެންޑްސް" ގެ ރިޔޫނިއަން އަނެއްކާވެސް ފަސްވެއްޖެ
މަޝްހޫރު ސީރީޒް "ފްރެންޑްސް" ގެ ރިޔޫނިއަން ބަލާލުމަށް ކެތްމަދުވެފައި އެތައް ފޭނުންނެއް އެބަ ތިއްބެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގްބޫލުކަމެއް ލިބިފައިވާ މި ހިޓް ސީރީޒްގެ ރިޔޫނިއަން އަންނާނެ ތާރީހް މި ވަނީ ފަސްވެފަ އެވެ.
Advertisement

އެ ސީރީޒްގައި ޗޭންދްލާ ބިންގްގެ ރޯލުން ފެނިގެން ދިޔަ ތަރި މެތިއު ޕެރީ ޓްވިޓާ މެދުވެރިކޮށް ބުނީ ޝޫޓިން ފަށަށް ތާވަލުކޮށްފައި ވަނީ މާޗް 2021 އަށް ކަމަށެވެ. 

ރޮސް ގެލާގެ ރޯލުން ފެނިގެން ދިޔަ ޑޭވިޑް ޝްވިމާ ވެސް މިދިޔަ ޖުލައި މަހު ބުނީ ކޮވިޑް-19 އާ ގުޅިގެން މަސައްކަތް ފަސްކުރަން ޖެހިފައިވާ ކަމަށެވެ. 

"ފްރެންޑްސް" އުފެއްދފި މާޓާ ކޯފްމޭން ބުނެފައި ވަނީ މި ހާއްސަ "ރިޔޫނިއަން" ޝޯއަށް ލައިވް އޯޑިއެންސެއް ބޭނުންވާ ކަމަށާއި އެހެންކަމުން ކޮވިޑް-19 ގެ ސަބަބުން މަސައްކަތުގެ ޝެޑިއުލަށް އަސަރުކޮށްފައިވާ ކަމަށެވެ. 

"ފްރެންޑްސް" ގެ ރިޔޫނިއަން ޝޯ ދައްކާނީ އެޗްބީއޯ މެކްސް އިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް