ads
އެމްޑީޕީ ހަރުގެއަށް ގެއްލުންދީފައި، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
އެމްޑީޕީގެ ހަރުގެއަށް ގެއްލުން ދީފި
އިދްިކޮޅޫ މައި ޕާޓީ އެމްޑީޕީގެ ހަރުގެއަށް ބަޔަކު ގެއްލުން ދީފިއެވެ.
Advertisement

އެމްޑީޕީގެ ހަރުގެއަށް ގެއްލުން ދިނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އާއްމުވެފައި ފޮޓޯތަކުން ފެންނަ ގޮތުން އެތަނުގެ ދޮރު ބަޔަކު ވަނީ ހަލާކޮށްލަފައެވެ. އެހެންނަމަވެސް މީ ކޮން ބަޔަކު ކުރިކަމެެއް އަދި އިތުރަށް އެތަނަށް ލިބުނީ ކޮން ގެއްލުމެއްކަމެއް އަދި ނޭނގެއެވެ.

ރޭގެ މި ހާދިސާއަށް ފަހު އެތަނުގައި ފުލުހުން ހަރަކާތްތެރިވިއެވެ އެހެންނަމަވެސް މިކަމާއި ގުޅިގެން އެމްޑީޕީވެސް ފުލުހުންވެސް އަދި ވަކި އެއްޗެއް ނުބުނެއެވެ.

ދާދި ފަހުންވެސް ވަނީ އެމްޑީޕީގެ ހަރުގެއަށާއި އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގަޔަށް ބަޔަކު ކަޅު ތެޔޮ ޖަހާފައެވެ. އެމްޑީޕީގެ އެކްޓިވްސްޓް ގަޔަށް ކަޅު ތެޔޮ ޖެހި މައްސަލާގައި މީހަކު ހައްޔަރުވެސް ކުރިއެވެ. ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް