ads
ހއ. ހޯރަފުށި އަދި އެ ރަށުގައި އަޅާ އެއާޕޯޓް-- ފޮޓޯ: ކޮރަލް ގްލާސް މީޑިއާ
ހޯރަފުށީ އެއާޕޯޓު ހުޅުވާތާ ހަފްތާ އެއް ތެރޭ ޝެޑިއުލް ދަތުރުތައް ފަށަނީ
އަންނަ އަންގާރަ ދުވަހު ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓް ރަސްމީކޮށް ހުޅުވުމާއި އެކު، ހަފްތާއެއްގެ ތެރޭ ޝެޑިއުލްޑް ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ހޯރަފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓެއް އަންނަ ހޯމަ ދުވަހު ޖައްސާނެ ކަމަށެވެ. އަދި ހޯރަފުށީ އެއާޕޯޓް ހުޅުވާތާ ފުރަތަމަ ހަފްތާގެ ތެރޭގައި ދަތުރުތައް ފެށޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއީ މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓް ކަމަށްވާ އިރު، މި އެއާޕޯޓު ހެދުމުގެ މަޝްރޫއުގެ ދަށުން 1،200 މީޓަރުގެ ރަންވޭއެއް ހެދުމާއި، 8،635 އަކަ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ހެދުމާއި، ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1،718 އަކަ މީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ހެދުން ފަދަ މަސައްކަތްތައް ކުރާ އިރު، އެއާޕޯޓު ތަރައްގީ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި 842،200 ކިއުބިކް މީޓަރުގެ ބިން ހިއްކާފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށް އެ އެއާޕޯޓްގައި 1،200 މީޓަރުގެ ރަންވޭ އަކާއި، 8،635 އަކަ މީޓަރުގެ އޭޕްރަން އެއް ހަދާފައިވާ އިރު، އެއާޕޯޓްގެ ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި ، 9،473 އަކަ މީޓަރުގެ ޕާކިން އޭރިއާ އަކާއި، 1،718 އަކަ މީޓަރުގެ ފަޔާ އެކްސެސް މަގަކާއި، 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސް ހެދުމުގެ މަސައްކަތް ނިމިފައިވެ އެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން، އެންޑް އިންފްރާސްޓްރަކްޗާ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި 198 މިލިއަން ރުފިޔާގެ އަގަކަށް ހަވާލު ކުރި މި މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އަންނަ އަންގާރަ ދުވަހު ރަސްމީކޮށް ހުޅުވާ ހޯރަފުށީ އެއާޕޯޓްގެ ސަބަބުން ބޮޑު ތިލަދުންމަތީ ސަރަހައްދުގެ ރަށްތަކަށް މަންފާ ލިބިގެންދާނެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވަނީ ވިދާޅުވެފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް