ads
ރޯގާ ޖެހުން--
ރޯގާ، ޑެންގީ އަދި ބޭރަށް ހިންގުން ރިޕޯޓު ކުރި މިންވަރު މިއަހަރު މަދު
މިދިޔަ އަހަރާއި އަޅާބަލާއިރު މިއަދު ރޯގާ އާއި ޑެންގޫ އަދި ބޭރަށް ހިންގުން ފަދަ ބަލިތައް ޖެހިގެން ރިޕޯޓްކުރި މިންވަރު ދަށްވެފައިވާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
Advertisement

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ޑެންގޫ ޖެހިގެން ރިޕޯޓްކުރީ 12 މީހެކެވެ. އަދި އޮކްޓޫބަރު މަހުގެ ތެރޭގައި އެ ބަލި ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ހަތަރެއްގައި އުޅޭއިރު މިއީ ފާއިތުވި އަހަރުތަކުގައި ޑެންގީ ހުން ޖެހިފައިވާ މިންވަރަށް ބަލާއިރު މަދު އަދަދެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އަދި 2019 ވަނަ އަހަރުގެ މި މުއްދަތާއި ބަލާއިރު ވެސް ޑެންގޫ ޖެހިގެން ރިޕޯޓްކުރި އަދަދު ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. 

އެގޮތުން މި ދުވަސްވަރު މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް މަދު ނަމަވެސް ޑެންގީ އާއި ޗިކަންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލްކުރުމަށާއި ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސްކުރެ އެވެ. 

އަދި އަރިދަފުސް ރޯގާއަށް ބަލާއިރު އެ ބަލި ވެސް އެހެން އަހަރުތަކާއި އަޅާބަލާއިރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެގޮތުން ސެޕްޓެމްބަރު މަހު 3154 މީހަކަށް އަރިފަދުސް ރޯގާ ޖެހިގެން ރިޕޯޓްކުރިއިރު 5782 މީހަކަށް އޮކްޓޫބަރުގައި އަރިދަފުސް ރޯގާ ޖެހުނެވެ. 

އެޗްޕީއޭ އިން ބުނީ މިއަހަރުގެ ފާއިތުވި ހަ މަސް ދުވަހަށް ބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މައްޗަށް ގޮސްފައިވާ ކަމަށާއި އެހެންކަމުން، އެ ބަލިން ރައްކާތެރިވުމަށް ވެސް ފިޔަވަޅުތައް އަޅަންވާނެ ކަމަށެވެ. 

އޭގެ އިތުރުން، އެޗްޕީއޭ އިން ބުނީ ބޭރަށް ހިންގުމާއި ހޮޑުލުން ވެސް މަދުވެފައިވާ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހު767 މީހަކަށް އެ ބަލި ޖެހިގެން ރިޕޯޓްކުރިއިރު އޮކްޓޫބަރުގައި ވަނީ 1003 މީހަކަށް ބަލި ޖެހިގެން ރިޕޯޓްކޮށްފަ އެވެ. އެޗްޕީއޭ އިން ބުނީ ފާއިތުވި ހަ މަސް ދުވަހަށް ބަލާއިރު އޮކްޓޫބަރުގައި ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން، ބައްޔަށް ރައްކާތެރިވުމަށް އިލްތިމާސްކޮށްފައިވެ އެވެ. 

އެޗްޕީއޭ އިން ވަނީ އެ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ޑެންގޫން ރައްކާތެރިވުމަށް ހަށިގަނޑު ރަގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ބޭނުންކުރުމާއި ފަތިސް އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން ފަދަ ކަންކަމަށް ސަމާލުވުމަށް އެދެ އެވެ. އަދި ބަލި ޖެހިއްޖެނަމަ ކުރުބާފެން، ލޮނުޕެކެޓް، ސޫޕް ފަދަ ތަކެތި ބޭނުންކުރުމާއި ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރަސެޓަމޯލް ބޭނުން ކުރެނަށް އެދެ އެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމު ކަމަށް ބުނެ އެވެ. 

އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާއި ކިނބިހި އަޅާއިރު ޓިޝޫ ބޭނުންކުރުމާއި އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދެ އެވެ. އޭގެ އިތުރުން ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް ކާބޯތަކެތި ތައްޔާރުކުރާއިރު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން ފަދަ ކަންކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް