ads
މިނިސްޓަރު ނަހުލާ---
މިނިސްޓަރު ކަން ލިބުނީ ގާސިމްގެ އަތްބަކަށް ވެގެންނެއް ނޫން: ނަހުލާ
ޓްރާންސްޕޯޓް މިނިސްޓަރު ކަން ލިބިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލަކަށް ވުމުން ނޫން ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި މީހަކު ފޮނުވި ސުވާލެއްގައި ވަނީ މިނިސްޓަރު ކަން ލިބިވަޑައިގެންނެވީ ގާސިމްގެ އަނބިކަނބަލަކަށް ވުމުން ކަމަށް ގަބޫލުކުރައްވާތޯ ސުވާލު ކުރައްވާފަ އެވެ. 

"އަޅުގަނޑު ގަބޫލެއް ނުލުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ކެބިނެޓަށް ވަޒީރަކު އައްޔަނު ކުރައްވާނެ ކަމަށް ވަކި މީހެއްގެ އަތްބަކަށް ވެގެން،" ޖަވާބުގައި ނަހުލާ ވިދާޅުވި އެވެ. 

ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ ޕާޓީއަކަށް ވާއިރު، ކޯލިޝަން އެއްބަސްވުމުގެ ދަށުން ޕާޓީތަކަށް ވަކި އަދަދަކަށް ސަރުކާރުގެ ސްލޮޓުތައް ވަނީ ކަނޑައަޅާފަ އެވެ. 

އެގޮތުގެ މަތިން ނަހުލާއަށް މިނިސްޓަރު ކަން ލިބިވަޑައިގެންނެވީ ޖޭޕީގެ ސްލޮޓަކުންނެވެ. ގާސިމްގެ އަނބިކަނބަލަކަށް އެފަދަ މަގާމެއް ލިބިވަޑައިގެންނެވުމުން މީގެ ކުރިން ވެސް ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ. 

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް