 
                                                                                                
                    އެގޮތުން ވޮޝިންޓަނުގެ މަގުތައް އެއްވެ އެމީހުން ދަނީ ޓްރަމްޕަށް އޮތް ތާއީދު ހާމަކުރަމުންނެވެ. ޓްރަމްޕް ތުހުމަތު ކުރައްވަނީ ވޯޓު އޮޅުވާލާފައިވާ ކަމަށެވެ.
މަގުތަކަށް އެއްވި މީހުން ދިދަ އާއި ހެލްމެޓު އަޅައިގެން ތިބިއިރު ބައެއް މީހުން ތިބީ ބުލެޓް ޕްރޫފް ޖެކެޓު ލައިގެންނެވެ. އޭގެ ތެރޭގައި ކަނާއަތު ފިޔައިގެ ހަރުކަށި ފިކުރުގެ ގްރޫޕުތަކުގެ މީހުން ހިމެނެ އެވެ.
އިންތިހާބުގެ ނަތީޖާއިން ދައްކާ ގޮތުގައި މޮޅުވެފައި ވަނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އެވެ. ނަމަވެސް ޓްރަމްޕް ވަނީ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވާފަ އެވެ.