ads
ނިއާ--
ދުނިޔޭގައި ހުރި އެންމެ ހުތުރު ބަތަލާ އޭ ބުނުމުން ނިއާ ދިނީ ވަރުގަދަ ރައްދެއް
ނިއާ ޝަރުމާ އަކީ "އޯވާ ރޭޓެޑް" އެންމެ ހުތުރު ބަތަލާ ކަމަށް ބުނި މީހަކަށް ނިއާ ވަރުގަދަ ރައްދެއް ދީފި އެވެ.
ނިއާ ޝަރުމާ އަކީ "އޯވާ ރޭޓެޑް" އެންމެ ހުތުރު ބަތަލާ ކަމަށް ބުނި މީހަކަށް ނިއާ ވަރުގަދަ ރައްދެއް ދީފި އެވެ.

މަދުރް ގުޕްތާ ނަމަކަށް ކިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ނިއާ އަކީ ދުނިޔޭގައި ހުރި އެންމެ އޯވާ ރޭޓެޑް އަދި ހުތުރު ފަންނާނު ކަމަށެވެ. ނަމަވެސް ކަމަކާ ނުލާ ހަބަރުތަކަށް ނިއާ އަންނާތީ އޭނާގެ ޕީއާރް ޓީމަށް އެންމެ ފުރިހަމަ މާކްސް ދޭނެ ކަމަށް ވެސް އެ ޓުވީޓުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އިންޑިއާގެ ބޭލްޕޫރީ ހަދާ މީހުންނަށް ވެސް ނިއާ އަށް ލިބޭ އާމްދަނީއަށް ވުރެ ގިނައިން ލިބޭނެ ކަމަށް އެމީހާ ވަނީ ބުނެފަ އެވެ. އެ ޓުވީޓަށް ނިއާ ވަނީ ވަރަށް ހަމަޖެހިލައިގެން ރައްދު ދީފަ އެވެ.

އެގޮތުން ނިއާ ބުނީ މިއަދާ ހަމައަށް އޭނާގެ އެއްވެސް ޕީއާރް ޓީމެއް ނޯންނަ ކަމަށެވެ. އަދި އޭނާ އަކީ ނެޗުރަލް މީހެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ނިއާގެ ސަޕޯޓަރުން ވަނީ އޭނާ ރައްދު ދިން ގޮތުން ތައުރީފުކޮށްފަ އެވެ.


އުމުރުން 28 އަހަރުގެ ނިއާ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައި ވަނީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޝޯ، "އޭކް ހަޒާރޯން މޭ މޭރީ ބެހެނާ ހޭ" ގައި މާންވީގެ ރޯލުންނެވެ. އޭނާ ވަނީ ކަލާސް ޓީވީން މިހާރު ދައްކަމުން އަންނަ "އިޝްހް މޭ މަރްޖާވާން" ގައި އާރޮހީގެ ރޯލުން ވެސް ފެނިގެންގޮސްފަ އެވެ.

އޭގެ އިތުރުން ނިއާ ވަނީ ވެބްސީރީޒަކުން ވެސް ފެނިގެންގޮސްފަ އެވެ. އަދި ޓީވީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ނިއާއަށް އެ ދާއިރާއިން ބޮޑެތި ކާމިޔާބީތައް ވެސް ލިބިފައި ވެއެވެ. އޭނާ މިހާރު ފެނިގެން ދަނީ "ނާގިން 4" އިންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް