ads
ކޮވިޑް-19ގެ ސީރޯސާވޭލަންސް ދިރާސާގެ ތެރެއިން--
ރާއްޖެއިން އިތުރު 50 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން އިތުރު 50 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ، ފައިތުވި 24 ގަޑީރުގެ ތެރޭގައި ޓެސްޓު ކުރެވުނު 1477 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 50 މީހުން ކަމަށެވެ. 

އެއީ މާލެ ސަރަހައްދުން 21 މީހުންނާއި އަތޮޅުތެރެއިން 29 މީހުން ކަމަށެވެ. އަދި އެއީ 19 ދިވެހިންނާއި 31 ބިދޭސީން ކަމަށްވެސް އެޗްއީއޯސިން މައުލޫމާތުދެއެވެ. 

މިއަދަދުތަކާއިއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،204 އަށް އަރާފައެވެ. މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 11،289 މީހުންނެވެ. 

އެކްޓިވް ކޭސްތަކުގެ އަދަދު 865 ގައި އުޅޭއިރު އޭގެތެރެއިން 249 މީހަކަށް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންނެވެ. އަދި 47 މީހަކަށް އަންނަނީ ހޮސްޕިޓަލް ތަކުގައި ފަރުވާދެމުންނެވެ. 

މިހާތަނަށް ރާއްޖެއިން މިބަލީގައި މަރުވެފައިވަނީ 43 މީހުންނެވެ. އެގޮތުން މިއަދުވެސް މިބަލީގައި ރާއްޖެއިން މީހަކު ވަނީ މަރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް