ads
ސާރާ އާއި އޭނާގެ ކޮއްކޮ ޔަމަން--
ސާރާ ހާންގެ ކޮއްކޮ ވެސް އެކްޓިންގެ ދުނިޔެއަށް!
ޓީވީ ޝޯތަކުގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ބަތަލާ ސާރާ ހާންގެ ކޮއްކޮ ޔަމަން ވެސް އެކްޓިންގެ ދުނިޔެއަށް އަންނަން ތައްޔާރު ވަމުން އަންނަ ކަމަށް ޔަމަން ބުނެފިއެވެ.
ޓީވީ ޝޯތަކުގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ބަތަލާ ސާރާ ހާންގެ ކޮއްކޮ ޔަމަން ވެސް އެކްޓިންގެ ދުނިޔެއަށް އަންނަން ތައްޔާރު ވަމުން އަންނަ ކަމަށް ޔަމަން ބުނެފި އެވެ.

އުމުރުން 17 އަހަރުގެ ސާރާ ބުނީ އޭނާ ވެސް ބޭނުން ވަނީ ދައްތަ ފަދައިން އެކްޓިންގެ ދާއިރާއަށް ވަންނަން ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް އެކްޓިންގެ ކުލާސްތައް ނަގާނެ ކަމަށް ވެސް ޔަމަން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސާރާ ކުރި ޕޯސްޓެއްގައި ބުނީ އިންޑަސްޓްރީގެ އިތުރުން މީޑިއާ އިން ވެސް އޭނާއަށް ދިން ލޯތްބާއި ސަޕޯޓު އޭނާގެ ކޮއްކޮއަށް ދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އުމުރުން 29 އަހަރުގެ ސާރާ ވަނީ "ސަސުރާލް ސިމަރް ކާ" އާއި "ސަޕްނާ ބަބުލް ކާ.. ބިދާއީ" އަދި "ލަވް ކާހޭ އިންތިޒާރު" ފަދަ ޝޯތަކުގައި މަސައްކަތްކޮށްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް