އަމިއްލަ ދަނޑުގައި އިންގްލަންޑް އަތުން ހޯދި ތިން ޕޮއިންޓާ އެކު ގްރޫޕުގެ އެއްވަނައިގަ ބެލްޖިއަމް އޮތީ ބާރަ ޕޮއިންޓާއެކުވެ. ދެވަނައިގަ އޮތް ޑެންމާކަށް ދިހަ ޕޮއިންޓް ލިބިފައިވާއިރު އިންގްލަންޑަށް ލިބިފައި އޮތީ ހަތް ޕޮއިންޓެވެ. އެއްވަނަ ޓީމަށް ފައިނަލް ބުރުން ފުރުސަތު ލިބޭއިރު މި ގްރޫޕުގެ އެއްވަނަ ކަނޑައެޅޭނީ ބުދަ ދުވަހުގެ ރޭ ބެލްޖިއަމް އާއި ޑެންމާކު ކުޅޭ މެޗުންނެވެ.
އާދިއްތަ ދުވަހުގެ ރޭގެ މެޗުގައި އިންގްލަންޑް ކޮޅަށް ބެލްޖިއަމުން ޖެހި ދެ ގޯލުވެސް ޖެހީ މެޗުގެ ފުރަތަމަ ތިރީސް މިނިޓްގެ ތެރޭގައެވެ.