ads
ޑރ. ނަޒްލާ ރަފީގް--
ކޮވިޑް ޖެހިގެން ބޮޑުވަރު ނުވި ނަމަވެސް ދިގުދެމިގެންދާ ގޮތަށް ގެއްލުންވޭ: ޑރ. ނަޒްލާ
ކޮވިޑް-19 ޖެހޭ މީހުންނަށް ބޮޑުވަރު ނުވި ނަމަވެސް ދިގުދެމިގެންދާ ގޮތަށް ގެއްލުންވާ ކަން ފެންނަމުންދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ (އެޗްއީއޯސީ) ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ޕްރެސް ބްރީފިންގައި ޑރ. ނަޒްލާ ވިދާޅުވީ އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޑް ޖެހިގެން ބޮޑުވަރު ނުވި ނަމަވެސް ދިގުދެމިގެންދާ ގޮތަށް ގެއްލުންވާ ކަމަށެވެ. 

"ފުރަތަމަ ކޮވިޑް ޖެހިގެން އެހާ ބޮޑަށް އޭގެ އަސަރު ކުރި ހެން ހީ ނުވާ ފަރާތްތަކަށް، ފަސޭހައިން ރަނގަޅުވި ފަރާތްތަކަށް ވެސް ބައެއް ފަހަރު ދިގު ދެމިގެންދާ ކަމަށް މިހާރުގެ ސްޓަޑީޒްތަކުން ފާހަގަކުރެވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ކޮވިޑް ޖެހުމުން އަސަރު ކުރާ ވަރު ބޮޑު ކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 44 އަށް އަރާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކުގެ މީހުންނެވެ. 

ޑރ. ނަޒްލާ އިލްތިމާސް ކުރެއްވީ އުސޫލުތަކާ އެއް ގޮތަށް އަމަލުކޮށް، މާސްކު އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށާއި، ދިމާވާ މީހުން މަދު ކުރުމަށެވެ. 

ރާއްޖޭގައި މިހާތަނަށް 12،204 މީހަކަށް ކޮވިޑް ޖެހިފައިވި ނަމަވެސް މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 871 މީހެކެވެ. އަދި މި ވަގުތު 47 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް