ads
ކިންގް ސަލްމާން މިސްކިތް ކައިރީ ތަރައްގީކުރި ޕާކިން ޒޯން-- ފޮޓޯ: ސީއެންއެމް
ސަލްމާން މިސްކިތް ކައިރީ ފީ ދައްކައިގެން ޕާކުކުރަން ހުޅުވާލަނީ
މާލެސިޓީގެ ހެންވޭރު ސަލްމާން މިސްކިތުގެ އުތުރު ފަރާތުގައިވާ ޕާކިން ޒޯންގަ ފީދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ހުޅުވާލަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މިސްކިތުގެ އުތުރު ފަރާތުގައިވާ ޕާކިން ޒޯންގަ ފީދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 22 ވަނަ ދުވަހު މެންދުރު 13:00 އިން ފެށިގެން ހުޅުވާލާން ނިންމާފައިވާ ކަމަށެވެ. 

އެ ޒޯނުން 57 ޕާކިން ސްލޮޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 3000 ރުފިޔާއަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ. 

ސިޓީ ކައުންސިލުން އިތުރަށް ބުނީ އެ ޒޯނުން ޖާގަ ދެވޭނީ ކާރަށާއި 350 ކިލޯއަށް ވުރެ މަތިނޫން ޕިކްޕަށް ކަމަށެވެ. އަދި އެ ޒޯނުތަކަށް އެދޭނީ ކައުންސިލްގެ ވެބްސައިޓްގައިވާ އެކަމަށް ހާއްސަކޮށް ގާއިމްކޮށްފައިވާ "ޕާކިން" ޕޯޓަލް މެދުވެރިކޮށް ކަމަށް ބުނެ އެވެ.    

ސިޓީ ކައުންސިލުން ބުނީ އެޕޯޓަލުން ޕާކިން ޒޯންގެ ޖާގައަށް އެދޭފަރާތްތައް ފުރަންޖެހޭ މައުލޫމާތާއި ހުށަހަޅަންޖެހޭ ލިޔުންތައް އަދި އަމަލު ކުރަންޖޭހޭ ގޮތް އެޕޯޓަލްގައިވާ ޕާކިންގް އުސޫލުން އެނގެން އޮންނާނެ ކަމަށެވެ. އަދި މައުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ޖާގަ ހުސްވަންދެން ޖާގަ ކަށަވަރުވަމުންދާނެ ކަމަށާއި ޕާކިން އުސޫލާއި ހިލާފަށް ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްވާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މިމަހުގެ 22 އިން ފެށިގެން މާލެ ސިޓީ ކައުންސިލުން ދޫކުރަން ހަމަޖެހިފައިވާ ޕާކިންގ ޒޯންގެ ޖާގަތަކާއި ހުސްވަމުންދާ ޖާގަތައް ކައުންސިލްގެ ވެބަސްއިޓްގައިވާ ޕޯޓަލުން ފެންނަން ހުންނާނެކަން ވެސް ސިޓީ ކައުންސިލުން ފާހަގަކުރެ އެވެ. އެގޮތުން ޖާގަތައް ޕޯޓަލަށް އަޕްލޯޑުވަމުންދާ ވަރަކަށް، ޖާގަތައް ހޯދަން ބޭނުންވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ޖާގަތަކަށް ހުށަހެޅޭނެ ކަމަށް ވަނީ ބުނެފަ އެވެ.  

މާލޭގެ އިތުރު ސަރަހައްދެއްގައި ހަތަރުފުރޮޅުލީ އުޅަނދު ފީ ދައްކައިގެން ޕާކުކުރުމަށް ހުޅުވާލަން ނިންމާފައިވާއިރު މިހާރު ވެސް ސްޕްރީމް ކޯޓު ކައިރީ އޮތް ޕާކިން ޒޯނުގައި މަހަކު 3000 ރުފިޔާ ދައްކައިގެން ޕާކު ކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް