ads
ގައުމީ ގުރުއާން މުބާރާތް ފެށުން-- ފޮޓޯ: ރައީސް އޮފީސް
މިފަހަރުގެ ގައުމީ ގުރުއާން މުބާރާތް ވާޗުއަލްކޮށް
ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ވާޗުއަލްކޮށް ކުރިއަށް ގެންދާ އެ މުބާރާތުގެ ފުރަތަމަ ބުރު މިއަދު ފެށިފައިވާއިރު ފުރަތަމަ ބުރުގެ ކިޔެވުން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އަދި ދެވަނަ ބުރު ކުރިއަށް ދާނީ އަންނަ މަހުގެ 13 އިން ފެށިގެން 17 ވަނަ ދުވަހާ ހަމައަށެވެ.

އުމުރުން ހަތަރު އަހަރުން މަތީގެ ކުދިންނަށް ހުޅުވާލައިގެން ގައުމީ ގުރުއާން މުބާރާތް ކުރިއަށްދާއިރު އެ މުބާރާތުގައި ބައިވެރިވެވެނީ މިނިސްޓްރީގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެގެންނެވެ.

މިނިސްޓްރީން ބުނީ އޮޑިޝަން ބުރަށް ހުށަހަޅާ ވީޑިއޯގެ މަންޒަރާއި ކިޔެވުމުގެ އަޑު ސާފުވާންޖެހޭނެ ކަމަށާއި އެހެން ނޫންނަމަ ޑިސްކޮލިފައި ކުރެވޭނެ ކަމަށެވެ. 

މި މުބާރާތަކީ އަށް އުމުރުފުރާއަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މުބާރާތުގައި ހިމެނޭ ދެ ކެޓަގަރީއަކީ ދިގު ރާގަށް ކިޔެވުމާއި ކުރު ރާގަށް ކިޔެވުމުގެ ކެޓަގަރީ އެވެ. އަދި ކިޔަވަ ބައި ދިހަ ފޮޅުވަތަށް ވުރެ ދިގުވާން ޖެހެ އެވެ.

އެ މުބާރާތް ފެށުމަސް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތު، ޝަރަފްވެރިކޮށްދެއްވާ ނައިބް ރައީސް ފައިސަލް ނަސީމް ވަނީ ދިވެހިންނަކީ ކީރިތި ގުރުއާނަށް ލޯބިކުރާ، ކީރިތި ގުރުއާނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބައްޓަންކޮށް، އެކަކު އަނެކާއަށް ހެޔޮކޮށް ހިތައި، ހެޔޮގޮތް ގަބޫލުކުރާ ބަޔަކަށް ވުމަށް ގޮވާލައްވާފަ އެވެ. 

އަދި އެ މުބާރާތް ވާޗުއަލްކޮށް އިންތިޒާމުވެގެން ދިޔުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެން ދާނެކަމެއްކަމަށާއި، ކޮވިޑް-19 ގެ ދަތި އަނދަގޫ ހާލަތުގައި ވެސް މިފަދަ މުބާރާތެއް ރާވާ ހިންގުމަށް ކުރެއްވި މަސައްކަތަށް އިސްލާމިކް މިނިސްޓްރީއަށް ނައިބް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް