ads
ރޯކޮށްލި ޖަގަހަ
ހުޅުޖެހި މީހާ އެންމެ ފަހުން ހައިކޯޓަށް
ނިމިދިޔަ މަޖިލިސް އިންތިހާބުގެ ތެރޭގައި ހދ. ކުޅުދުއްފުށީ ކެމްޕެއިން ޖަގަހައެއްގައި ހުޅުޖަހައި ގެއްލުން ދިން މައްސަލައިގައި ހައްޔަރު ކުރި މީހާ، އޭނާގެ ބަންދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ހދ. ކުޅުދުއްފުށީ ކެމްޕެއިން ޖަގަހައެއްގައި ހުޅުޖަހައި ގެއްލުން ދިން މައްސަލައެއްގައި ހައްޔަރުކުރި މީހާ އަތުލައިގަތީ ފިލަންވެގެން ރާއްޖެއިން ބޭރަށް ފުރަން އެއާޕޯޓަށް ގޮސް ހުއްޓައެވެ. އެއީ މިދިޔަ މަހު 16 ގައި، ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންވަރު މުހައްމަދު، 31، އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރަކަށެވެ. އޭނާ ހައްޔަރުކޮށް އެންމެ ފުރަތަމަ 10 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، އެ މުއްދަތު ހަމަވެގެން އަނެއްކާ އިތުރު 15 ދުވަހަށް އޭނާ މިހާރު ހުރީ ބަންދުކޮށްފައެވެ. އެ މައްސަލަ އޭނާގެ ފަރާތުން މިހާރުވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ.

އަންވަރު ރޯކޮށްލާފައި ވަނީ ޕީއެންސީގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާ އަށް ވާދަކުރި ފަރުހަތު މުހައްމަދުގެ ކެމްޕެއިން އޮފީހުގަ އެވެ.

މި މައްސަލައިގައި ފުލުހުން ކުރިން ބުނެފައިވަނީ އަންވަރު ފުރަން އެއާޕޯޓަށް ގޮސް ހުރީ ހާޒިރުވުމަށް ޗިޓް ފޮނުވުމުން ވެސް ހާޒިރު ނުވެ ހުރުމަށް ފަހު ކަމަށެވެ. އޭނާ ހައްޔަރު ކުރީ ވެސް ފިލަން ރާއްޖެއިން ބޭރަށް ފުރަން އެއާޕޯޓުގައި ހުއްޓާ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ. ނަމަވެސް ދިފާއުގައި އަންވަރު ބުނެފައި ވަނީ އޭނާ ރަށުން ދިޔައީ ފިލައިގެން ނޫން ކަމަށާއި ރާއްޖެއިން ބޭރަށް ދާން އުޅުނީ ދަރިފުޅު ޑޮކްޓަރަށް ދައްކަން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް