މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 13.6 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި އެ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 4.8 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ބުނެ އެވެ.
މީރާއިން ބުނެފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލު މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު ނިމުނު މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ އަދި އެއާޕޯޓު ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށެވެ. މީގެ އިތުރުން މި އަހަރުގެ މާޗު މަހު ފަތުރުވެރިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8.3 އިންސައްތަ އިތުރުވުމާ ގުޅިގެން ޓީޖީއެސްޓީ، އެއާޕޯޓު ޓެކުހާއި ފީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުކުރެވިފައިވާ ކަމަށް މީރާއިން ބުނެ އެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި ފާއިތުވެ ގޮސްފައިވާ ޓީޖީއެސްޓީގެ ސުންގަޑިތަކަށް ނުދައްކާހުރި ފައިސާ އެޕްރީލް މަހުގެ ތެރޭގައި ދައްކާފައިވާތީ، އެޕްރީލް މަހު ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައި ކަމުގަ އެވެ.
މި އަހަރުގެ އެޕްރީލް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީން ކަމަށް މީރާއިން ބުނެ އެވެ.
އެޕްރީލް މަހު މީރާއަށް ބަލައިގަތް އާމްދަނީ ހިއްސާ ކުރާ ގޮތް:
މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 91.87 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.