ads
ޑޮނަލްޑް ޓްރަމްޕް ހުދު އިސްތަށިގަނޑާއި އެކު (ކ)، ޓްރަމްޕް ރަން ރީނދޫ އިސްތަށިގަނޑާއި އެކު (ވ)
ޓްރަމްޕްގެ އިސްތަށިގަނޑުގެ ކުލަ ބަދަލުވެެއްޖެ، މިވީ ކިހިނެއް؟
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ބުނުމުން ފުރަތަމަ ކޮންމެ މީހަކަށްވެސް ސިފަ ވާނީ އޭނާގެ ދޯހަޅި، ބޯހަރު މިޒާޖެވެ. އެއަށް ފަހު އޭނާގެ ރަން ރީނދޫ އިސްތަށިގަނޑެވެ. ދާދިފަހުން ޓްރަމްޕް ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވި އިރު، ގިނަ މީހުންގެ ލޯ އަމާޒުވެފައި ވަނީ އޭނާގެ އިސްތަށިގަނޑަށެވެ.

މީގެ ހަފްތާއެއް ކުރިން އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބަށް ފަހު އިއްޔެ ޓްރަމްޕް ނޫސްވެރިންނާއި ބައްދަލުކުރެއްވި އިރު، ނޫސްވެރިންނާއި، އެ ނޫސްވެރިންގެ ބައްދަލުވުން ވަގުތުން ބަލަމުން ދިޔަ ފަރާތްތަކުގެ ލޮލުގައި އަޅައިގަތީ ޓްރަމްޕްގެ އިސްތަށިގަނޑެވެ. ޓްރަމްޕްގެ އިސްތަށިގަނޑުގައި ކުރިން ހުރި ރަން ރީނދޫ ކުލައިގެ ބަދަލުގައި މިހާރު ހުރި ހުދުކުލަ އެވެ.

ޓްރަމްޕްގެ އިސްތަށިގަނޑުގެ ކުލަ ބަދަލުވެފައިކަން ފާހަގަކޮށް، ގިނަ ބަޔަކު ވަނީ އޭނާ އަށް މީސްމީޑިއާ ގައި ޖޯކް ޖަހައިފަ އެވެ.

"ޓްރަމްޕް އޭނާގެ އިސްތަށިގަނޑާއި ބެހޭ ގޮތުން ދިފާއުގައި އެއްޗެކޭ ނުބުނަނީސް ޓްރަމްޕްގެ ހުދު އިސްތަށިގަނޑާއި ބެހޭގޮތުން ޓްވީޓް ކުރުން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އެދެން" - މީހަކު ކޮށްފައިވާ ޓްވީޓެއް

ކުރިއެކޭ އެއްގޮތަށް ޓްރަމްޕް ވަނީ އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އާއި ވާދަކުރައްވައިގެން ރިޔާސީ އިންތިހާބުން ބަލިވިކަން ގަބޫލުފުޅު ކުރައްވަން ފަސްޖެހިވަޑައިގެންފަ އެވެ. ޓްރަމްޕް އަމިއްލައަށް ބަލި ގަބޫލުފުޅު ކުރައްވަން ފަސްޖެހިވަޑައި ގަންނަވަމުންދާ އިރު، ގިނަ ބަޔަކު އަންނަނީ ޓްރަމްޕް ބަލި ގަބޫލުފުޅު ކުރެއްވުމަށް ގޮވާލަމުންނެވެ.

އެންމެ ފަހުގެ ނަތީޖާ ދައްކާގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕައް 232 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައިވާއިރު، ޖޯބައިޑެން ވަނީ 306 ވޯޓު ހޯއްދަވާފައެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް