ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ސުއަރޭޒްއަށް ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ އުރުގުއޭއާ ބްރެޒިލް ވާދަކުރާ މެޗު ގެއްލޭނެ އެވެ. އަދި ސްޕެނިޝް ލީގުގައި މި ހަފުތާގައި ސުއަރޭޒްގެ ކުރީގެ ޓީމުކަމަށްވާ ބާސެލޯނާ މެޗުވެސް ގެއްލޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިންޓަނޭޝަނަލް ޑިއުޓީއަށް ވީއްލާފައިވާ ގިނަ ކުޅުންތެރިންތަކެއް މި ފަހުން ކޮވިޑަށް ޕޮޒިޓީވްވެފައިވެ އެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ މުހައްމަދު ސަލާހު އަދި މިހާރު ރަނގަޅުވެގެން އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;